ދަނގަޑޭގެ ތަޢުރީފް ބަންގްލަދޭޝް ސަޕޯޓަރުންނަށް!

ދަނގަޑޭގެ ތަޢުރީފް ބަންގްލަދޭޝް ސަޕޯޓަރުންނަށް!

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2021 11:42
0

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ބަންގްލަދޭޝް ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ރީތި މިސާލަށް ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަނގަޑޭ) ތައުރީފް ކޮށްފިއެވެ.

މެޗު ފެށިއިރުވެސް ޓިކެޓް ނުލިބުމުގެ ޝަކުވާ ބޮޑުވެފައި އޮތް މިމެޗުގައި ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ދިވެހި ޓިމަށް ވަރަށް ބޮޑަށް އިހުތިރާމްކޮށް، ދިވެހި ބަހުން ލިޔެފައިވާ ބޮޑުތަކާއި ބެނާތައްވެސް ދައްކާލާފައެވެ. ބަންގަލްދޭޝްގެ ސަޕޯޓަރަކު މިގޮތަށް ހިފަހައްޓައިގެން ހުރި ބޯޑަކާއިއެކު ދަނގަޑޭ ކުރި ޓުވީޓުގައި ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން ކުޅުނު މެޗުތަކަށް ފަހު މާލޭގައި އުފާ ފާޅު ކުރަން އެމީހުން ބޭއްވި ސައިކަލު ބުރެއްގައި ބަންގްލަދޭޝްގެ ދިދައާއި އެއްކޮށް ރާއްޖޭގެ ދިދަ ވެސް ވިހުރުވަމުން ގެންދިޔަ މަޒަރުވަނީ ފެނިފައެވެ.

ބަނަގްލަދެޝް ސަޕޯޓަރުން ދެއްކި ރީތި ނަމޫނާއަށް އެތައްބައެއްގެ ތައުރީފް ލިބިގެން ގޮސްފައިވާއިރު، މުބާރާތުގައި ބަންގްލަދެޝްއަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މުބާރާތުގައި ބަންގާޅު ޓީމުގެ މެޗެއް ދެން އޮތީ މިމަހުގެ 13 ވަނަ ދުވަހު ޓެބަލްގެ އެއްވަނައިގައި އޮތް ނޭޕާލްއާއިއެވެ. މިމެޗަކީ މި ދެޓީމަށްވެސް މިމުބާރާތުގެ ފައިނަލަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.