އެމް.އެމް.ޕީ.އާރު.ސީގެ ވަގު ފައިސާގައި ޖެހިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަވެސް ވިލާތުގެ އިދާރާތަކަށް ހުށައަޅާނެކަމުގެ އިންޒާރު ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދެއްވައިފިއެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދު ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅޭ އެކި ވާހަތައް ހާމަކުރައްވަމުންނެވެ. އޭނާގެ ފާޑުކިޔުން ވަނީ މިސަރުކާރަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، ބައެއް ފަނޑިޔާރުންނަށް އަމާޒުކުރައްވާފައެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، ތަފުސީލަށް ވަޑައިގެން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ޕޮލިހުގައި ވެސް ހުންނާނެ ކަމަށެވެ.
އަލީ ވަހީދު މިއަދު ވަނީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާގައި ޖެހިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އިންތިޒާރު ކުރަނީ ވިލާތުގެ ކޯޓުގައި ހެއްކާ ޤަރީނާގެ މައްޗަށް ދުނިޔެ ކުރިމަތީ ހަޤީޤަތް ހާމަވާނެ ދުވަހަކަށްކަމަށެވެ.
ފުރުވާލީވެސް ދައުލަތުން. އޮންލައިންކޮށް ޝަރީޢަތް ކުރީވެސް ދައުލަތުން. ފަޟީހަތާއި ޖަރީމާތައް ފަޅާއަރަން ފެށުމުން ޝަރީޢަތްތި ހުއްޓުވާލީވެސް ދައުލަތުން. ވުޖޫދުގައި ނެތް ކަމެއްގެ މައްޗަށް އަޅުގަނޑާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ކުރިމަތީ އަމާން ނުދޭނަން. ފަހަތަކަށްވެސް ނުޖެހޭނަން.
— Ali Waheed (@ali20waheed) October 4, 2021
އަލީ ވަހިދު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ އޭނަގެ މައްޗަށް ކުރާ ޖިންގީ ގޯނާގެ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. މިމައްސަލާގައި މިއަދު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ވަނީ، ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ނުގެން ދިއުމަށް ހައިކޯޓުގެ މައްޗަށް ޢަމުރުކުރައްވާފައެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު ދައުލަތުގެ ފަރާތުން މިހާރު ވަނީ އަލީގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓައި ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ