އެންމެ ގިނަ ޕާޓީ އުފެއްދެވި ރައީސް މައުމޫނަކީ ޤައުމު ބިނާކުރެއްވި ލީޑަރު: ސަޢުދު

އެންމެ ގިނަ ޕާޓީ އުފެއްދެވި ރައީސް މައުމޫނަކީ ޤައުމު ބިނާކުރެއްވި ލީޑަރު: ސަޢުދު

 

އެމްއާރުއެމްގެ އައު ލީޑާޝިޕަށް މަރުޙަބާ ވިދާޅުވެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ސިޔާސީ ޕާޓީތައް އުފައްދައި، ރާއްހެ މިއަދު މިދެކޭ ސިޔާސޫ ހެޔޮ ބަދަލުތަކާއިއެކު ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ލީޑަރަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކަމަށެވެ. ރައީސް މައުމޫންގެ އަގުހުރި ޚިދުމަތަށް އަބަދުވެސް ޝުކުރު ޙައްޤުކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްއާރުއެމް ކޮންގްރެސްގައި ވަނީ އެޕާޓީގެ ލީޑާޝިޕަށް މެންބަރުން އިންތިޚާބުކޮށްފައެވެ. އެގޮތުން އެމްއާރުއެމްގެ ޒަޢީމަކަށް ހޮވިވަޑައިގެންފައިވަނީ ރައީސް މައުމޫންނެވެ. އެ މަޤާމަށް ކުރިމަތިލެއްވީވެސް އެމަނިކުފާނު އެކަންޏެވެ.

ރައީސް މައުމޫން އިސްވެ އެންމެ ފުރަތަމަ އުފެއްދެބީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. އެޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި ޕާޓީ ދެބައިވެ، ދެން އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ. ނަމަވެސް އޭޕާޓީގެ ތެރޭގައި ރައީސް މައުމޫނާއި ރައީސް ޔާމީންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދި ރައީސް މައުމޫން އެޕާޓިން ދުރުކުރެއްވިއެވެ.

އެއަށްފަހު ރައީސް މައުމޫން އުފެއްދެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އެވެ. މިހާރު އެމްއާރުއެމް އަކީ މިސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *