ޝިޔާމްގެ ޝުކުރު ހެޔޮދުޢާކޮށް، އެހީތެރިވި އެންމެހާ ފަރާތްތަކަށް

ޝިޔާމްގެ ޝުކުރު ހެޔޮދުޢާކޮށް، އެހީތެރިވި އެންމެހާ ފަރާތްތަކަށް

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2020 04:01
0

މިމަހުގެ 27 ވަނަ ދުވަހުގެ މަޖިލީހުގައި އިންނަވަނިކޮށް ދިމާވި ކުއްލި ޞިއްޙީ ޙާލަތާއި ގުޅިގެން 3 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިނުމުގައި އެހީތެރިވި އެންމެހާ ފަރާޓްތަކަށާއި، ހެޔޮދުޢާ ކުރެއްވި އެންމެހާ ފަރާތްތަކަށް ޝިޔާމް ޝުކުރު އަދާކުރައްވައިފިއެވެ.

ޝިޔާމްގެ ސިއްޚީ ހާލަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށާއި، އެޑްމިޓްކޮށްގެން ތިން ދުވަސް ވަންދެން ޓްރީޓޮޕްގައި ފަރުވާ ދީފައިވާކަމަށެވެ. ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކުންވެސް ވީގޮތެއް ސާފު ނުވާއިރު ބައެއް ނޫސްތަކުގައި ސައްޚަ ނޫން މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ގެނެސްދީފައިވާކަމަށްވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ހެދުނު ތަޙުލީލުތަކުންވެސް ސީދާ ވީގޮތެއް އަދި މިކަންދިމާވާން މެދުވެރިވި ސަބަބު ދެނެގަނެވިފައިނުވޭ. ބައެއް ނޫސްތަކުގައި ސްޓްރޯކެއް ޖެހުނުކަމަށާއި އަދި ބައެއް ނޫސްތަކުގައި ހުންގަދަވެގެން ކަމަށް ރިޕޯރޓުކުރެވިފައިވަނީ އެފަރާތްތަކަށް ލިބިފައިވާ ޞައްޙަނޫން މަޢުލޫމާތާއި ގުޅިގެންކަމުގައި ދެކެން.

– އަހުމަދު ޝިޔާމް

މިހާދިސާގައި އޭނާ އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގައި އެހީތެރިވި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝިޔާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިޙާދިސާ ހިނގި ވަގުތުންފެށިގެން ވަރަށް ގިނަފަރާތްތަކުން އައީ އަޅުގަނޑުގެ ޢާއިލާ އަދި ގާތްރައްޓެހިންނަށްގުޅުއްވާ އަޅުގަނޑުގެ ޙާލުބައްލަވާ ހެޔޮދުޢާގެ މެސެޖްތައް ފޮނުއްވަމުން. މިފުރުޞަތުގައި އެހުރިހާ ފަރާތްތަކަށް އަޅުގނޑު އަދި ޢާއިލާގެ ނަމުގައި ނުހަނު ލޯތްބާއެކު ޝުކުރު ދަންނަވަން. އަދި ޙާދިސާ ހިނގިވަގުތު ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދެއްވުމުގައި އެހީތެރިވެދެއްވި އަޅުގަނޑުގެ އަޚު މަޖިލިސް މެންބަރުންނަށާއި ދެ ހޮސްޕޮޓަލުގެ ޑޮކްޓަރުން، ނަރުހުން އަދި އެހީތެރިންނަށް ނުހަނު އިޚުލާސްތެރި ކަމާއިއެކު އަޅުގަނޑު އަދި އަޅުގަނޑުގެ ޢާއިލާގެ ނަމުގައި ޝުކުރުދަންނަވަން.

– އަހުމަދު ޝިޔާމް

މެމްބަރު ޝިޔާމްއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮ ހަރަކާތްތެރިވާ އެއް މެމްބަރެވެ. އަދި މަޖިލީހުގައި އިދިކޮޅުގެ އަޑު އެންމެބޮޑަށް އިއްވާ އަދި ސަރުކާރު ޖަވާބު ދާރީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެއްބޭފުޅަކީވެސް މެމްބަރު ޝިޔާމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.