އިންތިޚާބުވި މެމްބަރުންނަށް ޒައީމް މައުމޫން މަރުހަބާ ދަންނަވައިފި

އިންތިޚާބުވި މެމްބަރުންނަށް ޒައީމް މައުމޫން މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބޭއްވި އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އެކި މަޤާމުތަކަށް އިންތިޚާބުވި މެމްބަރުންނަށް ޕާޓީގެ ޒައީމް ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްއާރުއެމްގެ ފުރަތަމަ ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ކޮންގްރެސް އަށްފަހު ޕާޓީގެ ޒައީމް ރައީސް މައުމޫން ވިދާޅުވީ އިއްޔެ ބޭއްވުނު ކޮންގްރެސްއަކީ ވަރަށް ކާމިޔާބު ކޮންގްރެސް އެއް ކަމަށެވެ. ކޮންގްރެސްގައި އެކި މަޤާމުތަކަށް އިންތިޚާބުވި މެމްބަރުންނަށް މަރުހަބާ ދަންނަވައި ރައީސް މައުމޫން ވިދާޅުވީ މިއީ ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.

އެމްއާރުއެމްގެ ކޮންގްރެސްގައި ޖުމްލަ 12 މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވެއެވެ. ނަމަވެސް ބައެއް މަގާމުތަކަށް ކުރިމަތިލެއްވީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށްވާތީ ވޯޓެއް ނެތި އެ މެންބަރުން ވަނީ އިންތިހާބުވެފައެވެ. އެ ގޮތުން އެމްއާރްއެމްގެ ޒައީމު ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްއާރްއެމްގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އިންތިހާބު ކުރީ ވޯޓެއް ނެތިއެވެ. މީގެ އިތުރުން ނާއިބު ރައީސުންގެ ދެ މަަގާމުގެ ތެރެއިން އަންހެނުންނަށް ހާއްސަ މަގާމަށް ކުރިމަތިލެއްވީ އައިމިނަތު ނާދިރާ އެކަނި ކަމުން ނާދިރާ އިންތިހާބުވީވެސް ވޯޓެއް ނެތިއެވެ. އަނެއް މަގާމަށް ދެ ބޭފުޅުން ވާދަ ކުރެއްވިއެވެ. ވާދަވެރިކަން އޮތް އެ ވޯޓްގައި ކުރި ހޯއްދެވީ ޝަޒައިލްއެވެ. އޭނާއާ ވާދަކުރެއްވީ ޝިމާޒުއެވެ.

އަންހެނުންގެ ކައުންސިލްގެ ރައީސްގެ ރައީސް ކަމަށް އިންތިހާބުވީ އާރިފާ ރަޝީދެވެ. ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށް އިބްރާހިް ފަރުހާދެވެ. އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންވެސް އިންތިހާބުކޮށްފައިވެއެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *