"މިނިވަން ކަމުގެ ދިފާޢުގައި ދިވެހިން" ޕެޓިޝަންގައި ސޮއިކުރަން ފަށައިފި

"މިނިވަން ކަމުގެ ދިފާޢުގައި ދިވެހިން" ޕެޓިޝަންގައި ސޮއިކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 09:45
0

އިދިކޮޅު ކޯލިޝަނުން މިނިވަންކަމުގެ ދިފާޢުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިނިވަން ކަމުގެ ދިފާއުގައި ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ދީފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހިބަމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭކަމަށްވެސް ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

މި ޕެޓިޝަންގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުންނާއި، ގިނަ އާންމު މެމްބަރުންވެސް ވަނީ ސޮއިކޮށްފައެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ޕެޓިޝަނެއްކަމަށް އެކޯލިޝަނުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.