ކޯވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ދޭން އެޗްޕީއޭއިން ނިންމައިފި

ކޯވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ދޭން އެޗްޕީއޭއިން ނިންމައިފި

ރާއްޖޭގައި ކޯވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ބުނެފައިވަނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ލަފާދީފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކަމާ ބެހޭގޮތުން މިހާތަނަށްކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަަަށެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިވަގުތު ކޯވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *