ޝަރުއީ ކޯޓުތަކަކީ އަބަދުވެސް ކޯޓުތަކުގެ ނިންމުންތަކަށް ކޮންމެވެސް އެއްބައެއްގެ ފާޑުކިއުން އަމާޒުވާނެ މުވައްސަސާތަކެއް

އަމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ވަރުގަދަ އިންޒާރެއް މީޑިއާތަކަށް!

އަމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ވަރުގަދަ އިންޒާރެއް މީޑިއާތަކަށް!

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ މުހައްމަދު އަމީނަކީ ކުށްވެރިއެއްގެ ގޮތުގައި ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޢަމުރުކޮށްފިއެވެ.

ސުޕްރީމްކޯޓުން މިގޮތަށް ޢަމުރުކޮށްފައިވަނީ، އަމީންއަކީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮންނަ މީހެއްކަން ދައްކައިދޭން މީޑިއާއަކުން މަސައްކަތްކުރާކަމަށް ބުނެ އަމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޝަކުވާ އުފުލުމުންނެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ޢަމުރުގައި ވަނީ،  ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުޙައްމަދު އަމީންގެ މައްސަލައާ ގުޅިގެން ޚިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ޚަބަރު ފެތުރުމުގެ ތެރޭގައި، މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމެއްކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ މައްޗަށް ޕީޖީ އޮފީހުން ދަޢުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އިސްތިއުނާފްކޮށްފައެވެ. އަމީން ދޫކޮށްލި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައިކޯޓުން ނެރެފައިވާ މި އަމުރުގައިވާގޮތުން އިރުއޮއްސި 6:00 އިން ހެނދުނު 6:00އާ ދެމެދު އޭނާ ގެއިން ބޭރަށް ނިކުތުންވެސް ވަނީ މަނާކުރެވިފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކުކަމަށްވެސް އަމުރުގައިވެއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *