އެމްޑީޕީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި، ވޯޓުލީ %50 މީހުން

އެމްޑީޕީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި، ވޯޓުލީ %50 މީހުން

Author
މުޙައްމަދު ޖިމީ
30 ސެޕްޓެމްބަރ 2021 07:17
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

މިއީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެ ބޮޑު އިންތިޚާބައެވެ. ވާދަވެރިކަން ބޮޑު މި އިންތިޚާބުގެ ފޯރި ގަދަވެގެން ދިޔައީ ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފެކްޝަންގެ މެދުގައި ވާދަވެރިކަން އިތުރުވުމުގެ ސަބަބުންނެވެ.

އެމްޑީޕީން ބުނީ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ވީޓުލުމުގެ ހައްގު 93,612 މީހުންނަށް ލިބިގެންވާކަމަށެވެ. އޭގެ ތެރެއިން ވޯޓުލީ 47,100 މީހުންކަމަށް އެޕާޓިން ބުންޏެވެ. މިއީ ވޯޓުލެވޭނެކަމަށް ޕާޓީން އިއުލާންކުރި ޢަދަދުގެ %50.31 ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވަގުތީ ނަތީޖާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރީ ރައީސް ޞާލިޙަށް ތާޢިދުކުރައްވާ އެމަނިކުފާނުގެ ފެކްޝަންކަމަށް އިންތިޚާބުގެ ކަންކަން އޮބްޒާވްކުރި ފަރާތްތަކުން ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރި ގިނަ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އެމްޑީންވެސް ވަނީ ރައީސް ސާލިހުގެ ތާޢިދާއެކީ ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި، ރައީސް ސާލިހަށް ތާޢީދުކުރާ، މި ސަރުކާރުގެ 3 ވަޒީރަކުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މީގެތެރޭގައި މިހާރު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ، ކޮރަޕްޝަންގެ ތުހުމަތުގައި، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން އެންމެ ފުރަތަމަ ގެއްލުވާލި ކެނޑިޑޭޓެކެވެ. އަދި ނަޝީދަށް ތާއީދުކުރާ ޕާޓީގެ އިސް ފަރާތްތަކުން، އޭނާގެ ކެނޑިޑެސީ ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކެނޑިޑޭޓެއްވެސް މެއެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

މީގެތެރޭގައި، އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި، މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަކުރަމް ކަމާލުއްދީނާއި ވާދަކޮށް ރަގަޅު ނަތީޖާއެއް ނެރުއްވައިގެންނެވެ.

މީގެއިތުރުންވެސް، މައްޗަންގޮޅި އުތުރު ދާއިރާ ކާމިޔާބު ކުރެއްވި ޚަދީޖާ ރީޝާއާއި، ހެންވޭރު ހުޅަގު ދާއިރާ ކާމިޔާބު ކުރެއްވި މުހައްމަދު ސައިފް ފާތިޙު އާއި، ގަލޮޅު އުތުރު ދާއިރާ ކާމިޔާބު ކުރެއްވި އާމިނަތު ޒާހިރާގެ އިތުރުން ބަރުލަމާނީ ކެމްޕޭން ވަރަށް ބޮޑަށް ޕްރޮމޯޓު ކުރައްވަމުން ކެމްޕޭން ކުރެއްވި އިސްމާއިލް ހަލީމް ގަލޮޅު ދެކުނު ދާއިރާއަށް އިންތިޚާބުވެ، މާލޭގެ ބައެއް ދާއިރާތަށް ނަޝީދަށް ތާއީދުކުރާ ބައެއް ކެނޑިޑޭޓުން ކާމިޔާބު ކުރައްވާފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރުންވެސް ބައެއް އެހެން ސަރަހައްދުތަކުން ނަޝީދުގެ ވިސްނުމަށް ތާއީދުކޮށް ބަރުލަމާނީ ނިޒާމް ޕްރޮމޯޓްކޮށް، އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން، ތުޅާދޫ ދާއިރާއާއި، ކ. ގުރައިދޫ ދާއިރާއާއި، މާމިގިލީ ދާއިރާފަދަ ބައެއް ދާއިރާތަކުން ނަޝީދަށް ފާޅުގައި ތާއީދުކުރަމުން އައި ބައެއް ކެނޑިޑޭޓުންވަނީ ދާއިރާތައް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

V Vaa vaa
47100 thee MDP ge membarun thibi adhadhu, kon foygeh mi kandanee 93612 meehuney kiaigen.
އ އައިސް
އެއީ އަސްލު ތިބި ވަރު ..