ހުމާއި ރޯގާގެ އެއްވެސް ޢަލާމާތެއް ހުރެ، ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްއަށް ނުދިއުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗްއިން ބުނީ މި ވަގުތު ހުމާއި ރޯގާ އަދި ކެއްސުން ފަދަ އަލާމާތާއެކު ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކަށް ޚާއްސަ ފްލޫ ކްލިނިކެއް ކުރީގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހައުސް ހުންނަ ތަނުގައި ގާއިމް ކޮށްފައިވާ ކަމަށެވެ. މާދަމާއިން ފެށިގެން އެތަނުން ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އެހެންކަމުން ހުމާއި ރޯގާ ފަދަ އަލާމްތަތަކާއެކު ދާ ބަލި މީހުންނަށް ފަރުވާ ދޭނީ އެ ކްލިނިކުން ކަމަށާއި، ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ޢަލާމާތްތައް ހުރެއްޖެނަމަ އެ ފްލޫ ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވިދާޅުވއެވެ. އެ ކްލިނިކް ހުޅުވާފައި ހުންނާނީ މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 8:30އިން ރޭނގަނޑު 10:00އަށެވެ.
އައިޖީއެމްއެޗްއިން ބުނީ ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރެ ހޮސްޕިޓަލަށް ގޮސްފިނަމަ ބަލިމީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކްއިން ޑކްޓަރަށް ދެއްކުމަށް އިރުޝާދުދޭނެކަމަށެވެ.
މި ދުވަސްވަރު ވައިރަލް ރޯގާއެއް މާލެ ތެރޭގައި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.