މޫސުން ގޯސްވުމުން، އިދިކޮޅު ޖަލްސާ ފަސްކޮށްފި

މޫސުން ގޯސްވުމުން، އިދިކޮޅު ޖަލްސާ ފަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2021 06:51
0

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާ މޫސުން ގޯސްވުމާއި ގުޅިގެން ފަސްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލްސާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަތީން ވިދާޅުވީ ޖަލްސާ ބޭއްވުމަށް މިއަދު ހަވީރާއި ހަމައަށްވެސް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުން، ޖަލްސާ ބޭއްވޭފަދަ މާހައުލެއް ނެތުމުން ޖަލްސާ ފަސްކޮށްފައިވާކަމަށެވެ.

އަޅުގަނޑުމެން މޫސުމާއި ބެހޭ ޤައުމީ އިދާރާއަށްވެސް ގުޅިން. މިރެއައި މާދަމާވެސް މޫސުން ގޯސްވާނެކަމަށް އެބޭފުޅުން ވަނީ ބުނެފަ.

– މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލްސާ ފަސްކުރަން ޖެހުނީ އާންމު ގިނަ ރައްޔިތުންނަށް މޫސުން ގޯސްވުމުން ޖަލްސާގައި ބައިވެރި ނުވެވިދާނެތީ އާންމު ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށެވެ. ނަަމަވެސް މިރޭ ކްލަބް ހައުސް ނޫނީ އެހްނެ ސޯޝަލް މީޑިއާގެ ވަސީލަތެއް ބޭނުން ކޮށްގެން ނަމަވެސް ކޮންމެވެސް ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ފެއްސާއި، ރަތާއި، ހުދު ބޭނުންކޮށް ޤައުމީ ވަންތަ ގޮތަކަށް ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދުވެސް ވަނީ ތައްޔާރުކޮށްފައެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.