މިއަދު ޕޮޒިޓިވްވީ 27 މީހުން، ރަނގަޅުވީ 46 މީހުން

މިއަދު ޕޮޒިޓިވްވީ 27 މީހުން، ރަނގަޅުވީ 46 މީހުން

Author
މުޙައްމަދު ޖިމީ
30 އޮކްޓޯބަރ 2020 09:59
0

ރާއްޖެއިން އިތުރު 27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 16:00 އިން މިރޭގެ އިރުއޮއްސި 16:00 އަށް ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހުންނާއި، އަތޮޅުތަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހެކެވެ. އެއީ 16 ދިވެހިންނާއި، 11 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 11،643 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 46 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ޢަދަދު ވަނީ 10،779 އަށް އިތުރުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ މިހާރު ފަރުވާދެމުން އަންނަނީ 820 މީހަކަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޯވިޑްގެ ކޭސްތައް ފެނި މޮނިޓަރިންގެ ޙާލަތުގައި އޮތީ ރ.އުނގޫފާރު އެކަންޏެވެ. ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފަށާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަދިވެސް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ދަށްވަމުން ދިޔަނަމަވެސް އެއްފަހަރާ ލުއިތައް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.