އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
އިންސާފު ޤާއިމްކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ މުޒާހަރާ ފެށީ ޕީޕީއެމް އޮފީސް ދޮރުމަތިންވެ. މާލޭގެ އެކި މަގުތަކުގައި އެކޯލިޝަންގެ ބައިވެރިން ޤައުމީ ދިދައާއިއެކު ކުރަމުންދާ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރި ވަމުންނެވެ.
މުޒާހާގެ އިސްކޮށް ހުންނެވީ ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫންއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްބަޔަކު މަޖީދީ މަގު ޗާންދަނީ މަގު ހަތަރުއަގޮޅި ކަންމަތީގައި ތިބިއިރު، އަނއެއްބަޔަކު ތިބީ ސޯސަންމަގު ކައިރީގައެވެ. މިމުޒާހަރާތަކުގައި ރައީސް ޔާމީން މިނިވަން ކުުރުމަށާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ދަނީ ގޮވާލަމުންނެވެ.

މުޒާހަރާގެ ބައިވެރިންނަށް ގްރީން ޒޯނަށް ނޭރޭނެހެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަޖީދީ މަގުގެ އެކި ހިސާބުތަކުގައިގަިއވެސް ރަޔަޓް ގިޔަރުގައި ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ