ކޯޓުގައިވެސް ދިނީ ނަޝީދަށް މަރުގެ އިންޒާރު!

ކޯޓުގައިވެސް ދިނީ ނަޝީދަށް މަރުގެ އިންޒާރު!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2021 03:55
0

ބޮމުގެ ހަމަލާއަށްފަހު ރާއްޖެ އިން ބޭރުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކފާނުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދިން މީހާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައިވެސް މަރުގެ އިންޒާރު ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާސިފްވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ ދިން އިންޒާރު ތަކުރާކޮށް، ކޯޓުގައިވެސް އެއިންޒާރު ދީފައެވެ.  އޭނާގެ އަމަލުތައް ހުރި ގޮތުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ހުކުމް ކުރާށެވެ.

ރ. މީދޫގައި ހުއްޓާ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކުރި އުމުރުން 40 އަހަރުގެ ޔާސިފް ހައްޔަރުކޮށްގެން ބަންދު ޖަހަން ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ދުވަހު އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ނަޝީދު ކުރެއްވި ޕޯސްޓަކަށް ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ވަނީ ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި ނަމަ އެމަނިކުފާނަށް ގެއްލުން ދޭނެ ކަމަށް ފާޅުގައި އިންޒާރު ދީފައެވެ. އެ މީހާ ބުނެފައި ވަނީ ނަޝީދު އަނބުރާ ރާއްޖެ އައުމުން “ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ” ކަމަށެވެ.

އޭނާ އަށް ރައްދުދީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ބުނި މީހަކަށް ވެސް އެ މީހާ ވަނީ ރައްދު ދީފައެވެ. އޭނާ ވަނީ 6 މޭއިގައި ހަމަލާ ދެވޭނެކަން ފެނުނު ކަމަށާއި ދެން ފަހަރަކުން އެއަށް ވުރެ ހިތި ވާނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓުގައި އައިސިސްގެ ދިދަ އާއި ކަނޑިވެސް ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.