"މަލް އަތުން ފެނުނު ޖޫސް ޕެޓީ ކޮތަޅުގައި މަސްތުވާތަކެތި ހުރި"

"މަލް އަތުން ފެނުނު ޖޫސް ޕެޓީ ކޮތަޅުގައި މަސްތުވާތަކެތި ހުރި"

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2021 02:48
0

ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އަތުން ފެނުނު ޖޫސް ޕެޓީ ކޮތަޅުގައި މަސްތުވާތަކެތި ހުރިކަމަށް މިއަދު އޮތް އަޑު އެހުމުގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ ބުނެފިއެވެ.

ދައުލަތުގެ ފަރާތުން ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރު ފާތިމަތު ޝިމްޒާ ހަސަން ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް ނެގިފައިވާ ދެ ހެކި ކަމުގައިވާ ޖޫސް ޕެޓީ ކޮތަޅާއި ސެލޯފިން ތަހުލީލުކުރިއިރު، ޖޫސް ޕެޓީ ކޮތަޅުން ޑައިމޯފިންގެ ބާވަތްތައް ތަހުލީލަށް ފެނިފައިވާ ކަމަށެވެ. ދައުލަތުގެ ހެކިވެރިޔާ ދެއްކެވި ވާހަތަކާއި ގުޅިގެން މަލްގެ ވަކީލްވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ.

އެގޮތުން ފުރަތަމަ ވެސް އެ ރިޕޯޓްގައި ހަމައެކަނި ބަރުދަނުގެ މައުލޫމާތުތަކެއް އޮތުމުން އެކަމާ މެދު ސުވާލު އުފެއްދިއެވެ. އޭގެ ޖަވާބުގައި ޝިމްޒާ ބުނީ ފުލުހުން އަމަލު ކުރާ އެސްއޯޕީ ރިޕޯޓް ފޯމެޓްގައި އޮންނަނީ ހަމައެކަނި އެ މައުލޫމާތު އެކަނި ހިމަނަން ކަމުން އިތުރު ކަންކަން ރިޕޯޓްގައި ފާހަގަ ނުކުރާ ކަމަށެވެ.

މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މަލްއަކީ "ވަފާތެރިކެހިވެރިޔާ" ނަމަކަށް ކިޔާ ފިލްމަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އޭގެ ފަހުން ބައެއް ލަވަތަކުންނާއި ޑްރާމާތަކުން މަލް ފެނިގެންދިޔަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތާހިރު
ޚޮބާ! ތާހިުުރު ވެއްޖެ. މަލްކުޅުނު ފިލްމުގެ ނަމާއި އެއްގޮތަށް ކަންތަށްވެ ނިމުނީ. ޥަފާތެރި ކެހިވެރިޔާ ވަރަށް ހުސިޔާރުދޯ!!