ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން "ފިޔަވަތީ"ގައި ތިބި ކުދިންނަށް މިސަރުކާރުން އަޅާނުލައި ފަރުވާ ކުޑަކުރަމުންދާތީ ޖެންޑާ މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މިރޭގެ އިހުތިޖާޖުގައި ބައިވެރިވި މީހުން ދަނީ ޝުޢޫރުފާޅު ކުރުމަށް ބޯޑު ހިފައިގެން ތަފާތުއެކު ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.

މީގެ އިތުރުން ބައެއް މީހުން ދަނީ މިނިސްޓްރީގެ އިސްވެރިން ޒިންމާ އަދާ ކުރުމަށް ގޮވާލަމުންނެވެ. އަދި އެ ސަރަހައްދުގައި ބައެއް މީހުން ގެންދަނީ އަޑުއުފުލައި ވާހަކަވެސް ދައްކަމުންނެވެ.
މި އިހްތިޖާޖް ކުރިއަށް ގެންދަނީ "ރައިޒް އަޕް މޫވްމަންޓް" އިން އިންތިޒާމުކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ