ރޭގެ މުޒާހަރާގައި ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެން: ޑރ.ޖަމީލް

ރޭގެ މުޒާހަރާގައި ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެން: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
20 ސެޕްޓެމްބަރ 2021 03:23
0

ހުޅުމާލެ ފިޔަވަތީގެ މައްސަލަތަކާއި ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ރޭ މަލޭގައި ބޭއްވި އެއްވުމުގައި ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެން ކަމަށް ކުރީގެ ނާއިބު ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ފިޔަވަތީގެ މައްސަލަތަކުގައި ދައުލަތުން އިހުމާލުވެފައިވާކަމަށް ބުނެ އިދިކޮޅުން އިސްނަގައިގެން ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންނަށާއި، ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ރޭ ފުލުހުން ކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ބައެއް ނޫސްވެރިންގެ ބޯ ފަޅާލާ އަދި މުޒާހަރާގެ ބައިވެރިންނަށާއި، ނޫސްވެރިންގެ މޫނަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭވެސް ޖަހާފައެވެ.

ރޭގެ މުޒާހަރާގައި ބޯޑެތި އަނިޔަތަކެއް ޢާންމުންނަށާއި، ނޫސްވެރިންނަށް ދިނުމާއި ގުޅިގެން ޑރ.ޖަމީލް ވަނީ ފުލުހުން މިހާރު ޤާނޫނު ޤަބޫލު ނުކުރަނީތޯ ސުވާލުކުރައްވާފައެވެ. އަދި ކޮން ޑިމޮކްރެސީއެއްގައިތޯ ޞުލްޙަވެރި މުޒާހަރާތަކަށް ގަދަކަމުން ވަދެ، ޕެޕަރ ސްޕްރޭޖަހައި، ތަޅައި އަނިޔާކުރަނީވެސް ޑރ.ޖަމީލް ސުވާލުކުރެއްވިއެވެ. އޭނާ ވަނީ ރޭ ޕީޕީއެމްގެ އެއްވުމަށް ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެން ކަމަށް ތުހުމަތުކުރެވޭކަމަށް ވިދާޅުވެ އެކަން ތަޙްޤީޤްކުރުމަށް ގޮވާލައްވާފައެވެ.

ރޭ ބޭއްވި މުޒާހަރާ ފުލުހުން ރޫޅައިލުމުގެ ތެރޭގައި ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާއުގެ ބޯ ފަޅާއިގެން ގޮސް އަދި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަނީ އަނިޔާވެފައިވެއެވެ. ޗެނަލް 13 ގެ ކެމެރާމަން މުހައްމަދު ޝަހީމް އަށް ވެސް އަނިޔާވިއެވެ. އެގޮތުން ޝަހީމްގެ ފައި މަތީގައި ފުލުހުންގެ ޝީލްޑުން ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ރޭގެ މުޒާހަރާގައި އަނިޔާވި މީހުންނަށް ވަނީ އޭޑީކޭގައި ފަރުވާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ޙިޔަަލުތަހފެންނަންނުހުންނަަތެ ވދެރަ
H Halaaku
ޢެމީހުންގެމައްޗައް އަމުރުހިންގަންމިހާރުހުރިމޭހަކީ ކުރީގަ ޕޮލިހުންނަން ވޭންދެނިވިގޮތަކަށް އަނިޔާމީހުނލައްވާކުރުވާފަހުރިމީހެން މިހާރު ޕޮލިހުންވައްވާ އިދިކޮލުމީހުންނަށާނޫސްވެރިންނަން އެކުރުވަނީ ރަހުމުކުޑަ ަމިލލައެދުންބޮޑުމީހެން އެމީހަޖަހާބެރަކަނ ނަށަންތިބޭނެވަކިބައެތް