މިނިވަން ކަމުގެ ދިފާއުގައި އިދިކޮޅުން ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ

މިނިވަން ކަމުގެ ދިފާއުގައި އިދިކޮޅުން ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2021 01:26
0

އިދިކޮޅު ކޯލިޝަނުން މިވަން ކަމުގެ ދިފާއުގައި ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލްސާގެ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވަނީ މިޖަލްސާއަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ބާއްވާ ޚާއްސަ ޖަލްސާއެއްކަމަށެވެ. މިޖަލްސާ ހާއްސަ ވެފައިވަނީވެސް ފެއްސާ ރަތާއި ހުދަށް ކަމަށާއި، ޤައުމީ ޝިއާރުތަކާއިއެކު ބާއްވާ މިޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެއްކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާތާއި އިސްތިޤުލާލު ގެއްލޭ ހިސާބަށް ގޮސްފައިވާއިރު، މިކަން ބަލަން ދިވެހިގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެކަމަށެވެ. މިއަދު ދިވެހިންގެ މިނިވަން ވަނީ ބޭރުގެ ނުފޫޒުގަދަ ޤައުމުތަކުގެ އަޅުވެތިކަމަށް ދާއިހިސާބުގައި ކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ބޮޑު ތަކުރުފާނުވީފަދަ ގުރުބާނީއެއް މިއަދު ދިވެހި ކޮންމެ ރައްޔިތަކުވެސް ވާންޖެހޭކަމަށް ވަނީ ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ. މިޖަލްސާގައި ދިވެހި ޤައުމާއި ރައްޔިތުންނަށް ލޯބިވާ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ. މިއީ ކޯވިޑްގެ ހާލަތު ރަނގަޅުވީފަހުން އެޕާޓީން މާލޭގައި ބާއްވާ މިފަދަ ބޮޑު ދެވަނަ ޖަލްސާއެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައިވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިޖަލްސާ ބޭއްވުމުގެ ހުއްދަވެސް މިހާރު މާލެ ސިޓީ ކައުންސިލުން ދީފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.