ކެމްޕެއިން އިވެންޓުގައި ޖާބިރު ވަނީ މަސްލަހަތު ނަގާލާފައި، އެއީ ބޮޑު ޖަރީމާއެއް: ސިފާ

ކެމްޕެއިން އިވެންޓުގައި ޖާބިރު ވަނީ މަސްލަހަތު ނަގާލާފައި، އެއީ ބޮޑު ޖަރީމާއެއް: ސިފާ

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2021 08:18
0

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި އިވެންޓަށް ވަޑައިގެން ކާށިދޫ ޖާބިރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކާއި ހިންގެވި އަމަލުތަކަކީ ބޮޑު ޖަރީމާއެއްކަަމށް ސިފާ ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ސިފާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހުކުރު ވިލޭރޭ އެމް.ޑީ.ޕީގެ ހަރުގޭގައި ބޭއްވުނު އިވެންޓަކީ، އެމް.ޑީ.ޕީގެ 2021ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުންނަށް އޭނާ ބޭއްވި ޙާއްސަ އިވެންޓެއް ކަމަށެވެ.

މިއިވެންޓްގެ މައިގަނޑު މަގްސަދަކީ އެމް.ޑީ.ޕީގެ މިއިންތިހާބުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން އެމް.ޑީ.ޕީގެ އާންމު މެންބަރުންނަށް ތަޢާރަފްކޮށްދިނުމަށާއި އެމީހުންގެ ޝުއޫރުތައް އާންމު މެންބަރުންނަށް ޙިއްސާކޮށްލުމަށް ދެވުނު ފުރުސަތެއްކަމަށް ސިފާ ވިދާޅުވެއެވެ. ނަމަވެސް، މިއިވެންޓް ފެށިގެން މާގިނައިރުތަކެއް ނުވަނީސް، މިއިވެންޓަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގެން، އޭނާ ޕޯޑިއަމްގައި ވާހަކަދައްކަން ހުރި ވަގުތު އަޑުގަދަކުރައްވައި ތަނުގެ މަސްލަހަތުގެ ގެއްލުވާލަން މަސައްކަތްކުރައްވާފައި ވާތީވެ، ވަގުތުން މައިކް ކަނޑާލާފައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ އަޅުގަނޑުގެ ކެންޕެއިން އިވެންޓަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ބޮޑު ޖަރީމާއެއް. މިއިވެންޓަށް އަޅުގަނޑު ދަޢުވަތުއެރުވީ އެމް.ޑީ.ޕީގެ މާލެ ސިޓީގެ ކޭންޑިޑޭޓުނަށާއި މެންބަރުންނަށް ވީހިދު، ޖާބިރުއަކީ މިއިންވެންޓަށް ދަޢުވަތު ދެވިގެން ވަޑައިގެންނެވި ބޭފުޅެއްނޫން. އަޅުގަނޑަކީ އެމް.ޑީ.ޕީގެ މާލެ ސިޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއް. މިގޮތުން، އަޅުގަނޑުގެ ކެމްޕޭންގެ ހަރަކާތްތަކަށް މިފަދަ ގޮތްގޮތަށް ހުރަސްއަޅާ ފުރައްސާރަކުރުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައިގަނެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިކުރުމަށް ހިންގި އަމަލެއް.

– ސިފާ ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި ސިޔާސީ މަގާމުތަކަށް ވާދަކުރައްވާ އެންމެހާ ފަރާތްތަކަށް ފުލުހުންގެ އިދާރާއިން ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކުގެ އަރައިގަތުމަށް ހިންގޭ މިފަދަ އަމަލުތައް މުޖުތަމައުއިން މަދުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ގާއިމް ކޮށްދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގައި ސިފާ ވަނީ އެދިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަބް
ކޮންދޮގެއް ހަދާކައް ގަސްތުގާ އެމް.ޑީ.ޕީ ގެ ޕޯޑިއަމް އަކަަށް މަސްތުވެފާހުރި ކަމާ ނުވެސްބެހޭ މީހަކު އަރުވާފަ ރައީސް މީހާ އާދިމާލައް ހެސްކިޔާފަ ބައްވާފަ އަތްޖަހަން ތިބިތައް އެއޮތީ ވީޑިއޯ ތަކުން ފެންނަން . ދެން ކޮން ވާހަކައެއްދައްކާކަށް ، ތީ ފޭލި މައްޗައްފޭލިވެފަ ހުރި މީހެއް .