ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫސިޓީގައި ކުރިއަށްދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތަކެއް ވެއްޖެއެވެ.
ޚަބަރު އޮންލައިނާއި ވާހަކަ ދެއްކި އައްޑޫ ސިޓީ މީހަކު ބުނީ މިމުޒާހަރާގައި އާންމުން ގޮވަމުންދިޔައީ، ޖިންސީ އަނިޔާކުރި ފުލުސް މީހާ ހައްޔަރު ކުރުމަށް ކަމަށެވެ. ނަމަވެސް ފުލުހުން އެކަންނުކޮށް ވަރަށް ގިނަ އާންމު މީހުންނަށް އަނިޔާދީ އެސަރަހައްދުން މީހުން ދުރައްޖައްސާފައި ވަކަމަށެވެ. ފުލުހުން ވަނީ ބާރުގެ ބޭނުން ކުރުމުގައި ޕެޕާސްރޭ އާއި، މުގުރުވެސް ބޭނުންކޮށްފައިކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.
މިހަމަ ނުޖެހުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ވާކަމަށެވެ އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަމަށެވެ.
ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.
އައްޑު ސިޓީގައި މިއަދު ހަވީރު ފެށި މުޒާހަރާގައި އެސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.