ވޯޓާ ނުލައި އެމްޑީޕީ ޤައުމީ މަޖިލީހަށް 165 ކެންޑިޑޭޓުން ހޮވިއްޖެ

ވޯޓާ ނުލައި އެމްޑީޕީ ޤައުމީ މަޖިލީހަށް 165 ކެންޑިޑޭޓުން ހޮވިއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2021 07:16
0

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކުރިން ވޯޓަކާއި ނުލައި 165 ކެނޑިޑޭޓަކު އެމަޤާމުތަކަށް ހޮވިއްޖެއެވެ.

އެމްޑީޕީން މިއަދު އާންމުކޮށްފައިވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ހޮވިފައިވާ ކެނޑިޑޭޓުންގެ ލިސްޓުގައި، 165 ކެނޑިޑޭޓަކު އިންތިޚާބަކާއި ނުލައި ވަނީ ހޮވިފައެވެ. އެއީ އެދާއިރާތަަކަށް ކުރިމަތިލާންޖެހޭ އަދަދަށް ކުރިމަތި ލައިގެންނެވެ.

އިންތިޚާބުގައި އެކި ދާއިރާތަކަށާއި، އެކި މަޤާމުތަކަށް 733 ކެނޑިޑޭޓުން ވާދަކުރެއެވެ.  އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. މިލިސްޓަށް ޝަކުވާ އަށް ހުޅުވާލުމުން ހުށަހެޅުނު ޝަކުވާއަށް ބަލައި 940 މީހަކަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މިލިސްޓުން 918 މީހަކަށް އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިންސާފު
ތީ އެމްޑީޕީ ގަބީލުކުރާނެ ކަމެއް ނޫން