ރާއްޖޭގައި 281،000އަށްވުރެ ގިނަ ބިދޭސީން އުޅެމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިހާތަނަށް ހޯދުނު ޑޭޓާތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 281000 ބިދޭސީން ތިބިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަންއަށް ނިސްބަތްވާ 63754 މީހެއްކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދެއްކިނަމަވެސް ބަންގްލަދޭޝްގެ މީހުންގެ ޢަދަދު 100،000އަށް ވުރެ މަތިވެދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްތަރ ވިދާލުވީ ރާއްޖެއަށް ބިޑޭސީން އެތެރެވާ މިންވަރު ބަލަހައްޓާ ނިޒާމް މީގެ ކުރިން އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓިފައިނުވާކަމަށެވެ. އެހެންކަމުން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ ޢަދަދު ސާފުނުވާކަމަށާއި، ނަމަވެސް ސަރުކާރުން މިހާތަނަށް އެ ނިޒާމަށް ބަދަލުގެނެސް އިތުރު ބަދަލުތަކެއް ގެންނަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ބިދޭސީން ގެނައުމަށް ދޫކޮށްފައިވާ ކޯޓާގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބަންގްލަދޭޝް މީހުންގެނައުމަށް އެވްރެޖުކޮށް 20،000 ކޯޓާ ދޫކޯށްފައިވާކަމަށެވެ. ނަމަވެސް މިސަރުކާރުން އެ ޢަދަދުތައް ފާއިތުވި ދެ އަހަރުގެ ތެރޭގައި 100އިން ދަށްކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ 2013 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކޮށްފައިވާ ތަފްސީލްތައްވެސް ހިއްސާކުރައްވާފައެވެ.
މިގޮތުން ބަންގްލަދޭޝް މީހުން ގެނައުމަށް ވޯކް ޕާމިޓް ދޫކޯށްފައިވާ ތަފްސީލް:
2013 ވަނަ އަހަރު 14000 ޕާމިޓް
2014 ވަނަ އަހަރު 18،800
2015 ވަަނަ އަހަރު 26،000
2016 ވަނަ އަހަރު 22،000
2017 ވަނަ އަހަރު 8،000
2018 ވަނަ އަހަރު 27،000
2019 ވަނަ އަހަރު 11،000
2020 ވަނަ އަހަރު 89
2021 ވަނަ އަހަރު 24
އިންޑިއާ މީހުން ގެނައުމަށް ދިފައިވާ ވޯކް ޕާމިޓްތައް ދޫކޮށްފައިވާ ތަފްސީލް:
2013 ވަނަ އަހަރު 4،000
2014 ވަނަ އަހަރު 4،500
2015 ވަނަ އަހަރު 6500
2016 ވަނަ އަހަރު 8،300
2017 ވަނަ އަހަރު 14،800
2018 ވަނަ އަހަރު 5،000
2019 ވަނަ އަހަރު 11،000
2020 ވަނަ އަހަރު 5،000
2021 ވަނަ އަހަރު 7،000
2013 ވަނަ އަހަރު 25،000 ވޯކް ޕާމިޓް ދޫކުރި.
2014 ވަނަ އަހަރު 32،400
2015 ވަނަ އަހަރު 42،600
2016 ވަނަ އހަަރު 44،800
2017 ވަނަ އަހަރު 39،800
2018 ވަނަ އަހަރު 57،000
2019 ވަނަ އަހަރު 42،000
2020 ވަނަ އަހަރު 11،000
2021 ވަނަ އަހަރު 14،000
ފައްޔާޒް ވަނީ މިސަރުކާރުން ބިދޭސީންގެ މައްސަލ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކުރެވި އޭގެ ނަތިޖާ ފެންނަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.
އޭގަ ރެކޯޑްތައް ބެލެހެއްޓިފައި އޮތްގޮތުން އައި ތާރީޚެއް އައިސް ދިޔަކަމެއް ޑިޕޮޒިޓް ދައްކާފައިކަމެއް، މިތާ ރާއްޖޭގައި ތިބިކަމެއް އެއްގޮތަކަށްވެސް އެޔަކުން އެނގޭކަށްނެތް. ޕާސްޕޯޓް ނަންބަރުތައް އެޅިފައެއް ނެތް ރަނގަޅަކަށް. އޭގެ ލިސްޓްގައި އެބައޮތް 70،000 މީހުން. އެ 70،000 މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ގޮއްސި 1000އަކަށް މީހުން.
– ފައްޔާޟް އިސްމާޢީލް