ހުސްބުޅީގައި ގަންނާނެ ދުވަސްތައް ކުރިއަށް އޮތީކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ޢުމަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމް ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެފައިވަނީ ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު ހުސްބުޅީގައި ނުގަންނާނެކަމަށެވެ. ހުސްބުޅީގައި ގަންނާނެ އެއްޗެއް ނޯންނާނެކަމަށާއި، އެމްޑީީޕީއަކީ ވަކި އުސޫލެއްގެ ދަށުން މަސައްކަތްކުރާ ޕާޓީއެއްކަމަށް ޢަލީ ޢާޒިމް ވިދާޅުވެފައިވެއެވެ.
އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކޮންމެ ފަހަރަކު ހުސްބުޅީގައި ގަންނާނެކަމަށް. އެޖެންޑާއިން ބޭރުން ހުސްބުޅީގަ ކަންކަން ވާނެކަމަށް. ސަރުކާރަ އިތުބާރު ނެތްކަމަށް ދެއްކުމަށް ވާދަވެރިފަރާތްތަކުގެ އަދަދު އޮތްކަން ފެނޭ އެއްޗެހި ހުށައަޅާއިރު.
-އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެފައިވެއެވެ.
ޢާޒިމްގެ މިވާހަކަފުޅަށް ރައްދުދެއްވާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެން އަޅާއިގެން ގަންނާނެކަމަށާއި، ނަމަވެސް އެގޮތަށް ނުބާނާނެކަމަށެވެ. ހުސްބުޅީގައި ގަންނާނެ ސުވަސްތަކެއް ކުރިއަށް އޮތީކަމަށްވެސް އާދަމް ޝަރީފް ދެއްވި ރައްދުގައިވެއެވެ.
އެން އަޅައިގެން ގަންނާނެކަން އެނގޭ! އެކަމަކު އެގޮތަކަށް ނުބާނާނަން! ހުސްބުޅީގައި ގަންނާނެ ދުވަސްތަކެއް އޮތީ ކުރިއަށް. ނަހަމަ ގޮތުގައި ސުޕަ މެޖޯރިޓީގެ ބޭނުން ކުރުމުން ލިބޭ ގެއްލުން ބޮޑުވާނެ.
-ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވިޔަ ނުދެއްވާނެކަމުގެ އިޝާރާތެއް ޕީޖީ ލީޑަރު ޢަލީ އާޒިމް ދެއްވާފައިވާއިރު، މީގެ ކުރިން އާޒިމް ވަނީ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން ވަޒީރުންނަކީ އަމާބުނީތީ ފަރަށްދާ އުސޫލުން މަސައްކަތްކުރައްވާ ބޭފުޅުންގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ