ޝަރުތެއް ކޮށްފިނަމަ އެއަށް އިޚުތިރާމް ކުރުމަކީ މުސްލިމުންގެ ވަރަށް މާތް ސިފައެއް: ޒައިދު

ޝަރުތެއް ކޮށްފިނަމަ އެއަށް އިޚުތިރާމް ކުރުމަކީ މުސްލިމުންގެ ވަރަށް މާތް ސިފައެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2021 11:26
0

އެއްވެސް ކަމެއްގައި މުއްލިމަކަށް ކަމަކަސް ޝަރުތުކޮށްފިނަމަ، އެކަމަކަށް އިޚްތިރާމް ކުރުމަކީ ވަރަށް މާތް ސިފައެއް ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދައިން ވިދާޅުވެފައިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުރި މުއްދަތުގައި ވެފައިވާ ޝަރުތުތަކާއި ޚިލާފްވުމުން އެކަން ބަލާނެކަމަށް ކަރެކްޝަނުން ވިދާޅުވެފައިވަނިކޮށެވެ. ޝައިޚު ޒައިދު ވިދާޅުވީ މުސްލިމުންނަށް ކުރެވޭ ޝަރުތުތަކަށް ތަބާވެ އެކަމެއްގައި ދެމި ތިބުމަށް ނަބަވީ އިރުޝާދުންވެސް އެގެން އެބައޮތްކަމަށެވެ. ޝަރުތެއް ކުރެވޭ ހާލަތެއްގައި ކޮންމެ މުސްލިމަކުވެސް އެކަމަކަށް އިޚުތިރާމު ކުރުމަކީ ވަރަށްމާތް ސިފައެއްކަމަށް ޝައިޚު ޒައިދު ވިދާޅުުވިއެވެ.

މުސްލިމުންނަކީ އެބައިމީހުންގެ ޝަރުތުތަކުގެ މަތީގައި ދެމި ތިބޭނެބައެއް ކަމަށް ނަބަވީ އިރުޝާދުން އެގެން އެބައޮތް! ޝަރުތެއް ކޮށްފިނަމަ އެއަށް އިޚުތިރާމް ކުރުމަކީ މުސްލުމުންގެ ވަރަށް މާތް ސިފައެއް.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

އިއްޔެ އިދިކޮޅުން ބޭއްވި "އިންސާފު ކޮބާ" ހިނގާލުމުގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދަ އަކާއި ޤައުމީ ދިދަ ނަންގައިވައި ހޫރުވާތަންވަނީ ފެނިގެންގޮސްފައެވެ. އަދި ހިނގާލުމުގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ހިތްވަރު ދެއްވާފައެވެ.

ގޭ ބަންދުގައި ތިބޭ މީހުން ސިޔާސީ އަދި އެނޫންވެސް އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި އެއީ ގޭ ބަންދުގެ އިޤުރާރާވެސް ޚިލާފު ކަމެކެވެ. ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިންނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.