ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނެއް ނުދައްކައިގެން އެ ބޭންކަށް ނަގާފައިވާ ރަށެއް ކަމުގައިވާ ތ އަތޮޅު ކަޅުދިޔަފުށި ވިއްކާލުމަށް އެ ބޭންކުން އިއުލާންކޮށްފިއެވެ.
މި ރަށް ވިއްކާލުމަށް ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައި ވާގިތުން، މިރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަންޖެހޭ އެންމެ ފަހުގެ މުއްދަތަކީ، އަންނަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުގެ 12:00 އެވެ. ބިޑު ހުޅުވުން އޮންނާނީ އެދުވަހުގެ މެންދުރު 12:00 ގައެވެ.
ބިޑު ހުޅުވުމަށް ބޭއްވޭ ބަދަލުވުމުގައި އޮންލައިންކޮށް ވެސް ބައިވެވޭގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހަމަޖައްސާފައެވެ. ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން، ބިޑް ކާމިޔާބު ކުރާފަރާތުން، ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެއް ލައްކަ ޑިލަރު ދައްކަންޖެހެއެވެ. އަދި މި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިއްޖެނަމަ، ބިޑް ކެންސަލްވާނެ ކަމަށްވެސް ބިޑް ޑޮކިއުމަންޓުގައި ވެއެވެ.
މިރަށް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސްއިން އިއުލާން ކޮށްފައިވަނީ، އެރަށް ތަރައްގީ ކުރުމަށް އެބޭންކް އިން ނަގާފައިވ ލޯނެއް ޑީފޯލްޓް ވެގެންނެވެ. ބީއެމްއެލްއަށް މިރަށް ނަގާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންވެ.
މިރަށް ތަރައްގީ ކުރަމުން ދިޔައީ، ތ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމަންޓަށް ދޫކޮށްފައިވާ ލޯނަކުން، ބައިނަލް އަގުވާމީ ހޮޓެލް ޗެއިންއެއް ކަމުގައިވާ "މެލިއާ ހޮޓެލްސް"އާއި ގުޅިގެންނެވެ.
މިރަށް އެންމެ 2016 ވަނަ އަހަރު ފުރަތަމަ ތަރައްގީ ކުރަން ފަށާފައިވަނީ، 2017ވަނަ އަހަރ ނިންމާ ގޮތަށެވެ. އެހެންނަމަވެސް އަދިވެސް މިރަށުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ދަނީ ކުރިޔަށެވެ. އޭރު ރަށް ތަރައްގީ ކުރަން ފަށާފައިވަނީ، 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރި ތަރައްގީ ކުރާ ގޮތަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މީގެ ކުރިންވެސް މިރަށް ވިއްކާލަން އިއުލާން ކޮށްފައިވެއެވެ. 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރު މިރަށް ވިއްކާލަން އިއުލާން ކޮށްފައިވަނީ 29.5 މިލިއަން ޑޮލަރަށެވެ.
ތ. ކަޅުދިޔަފުށީގައި ރިސޯޓު ހެދުމަށް ހުރަވީ އިންވެސްޓްމަންޓާއެކު ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ