އިދިކޮޅު އިހުތިޖާޖުގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައިފި

އިދިކޮޅު އިހުތިޖާޖުގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައިފި

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 05:24
0

އިދިކޮޅު ފަރާތްތަކުން މިއަދޔ މާލޭގައި ކުރަމުންދާ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ފެނިލައި ރައީސް ޔާމީން ފެނިލައިިފިއެވެ.

ޖަލުހުމެއި މިހާރު ގޭގައި ހުންނެވި ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ. އަދި ގިނައިރުތަކެއް ވަންދެން ރައީސް ޔާމީން ވަނީ ކުޑަދޮރު ކައިރީގައި މަޑު ކުރައްވައި މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ.

ދިކޮޅު ކޯލިޝަނުން ނިންމާފައި އޮތީ ސަޕޯޓަރުންނާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ. އެހެން ކަމުން ހިނގާލުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ. ފުލުހުން އިދިކޮޅުގެ ހިނގާލުމަށް ހުރަސް އެޅީ ކާނިވާ ސަރަހައްދުންނެވެ. އެހެން ކަމުން އެ ސަރަހައްދުގައި އެއްވެ ތިބެ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ފެނިލުމުން އެކަމާއި ވަރަށް ބޮޑަށް އުފާ ކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑު އެސަރަހައްދުގައި ބައިވެރިން ވަނީ ގަދަކޮށްފައވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.