ގިނަ ބަޔަކާއިއެކު އިދިކޮޅުގެ މަތުމަތީ އިހުތިޖާޖު ފަށައިފި

ގިނަ ބަޔަކާއިއެކު އިދިކޮޅުގެ މަތުމަތީ އިހުތިޖާޖު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 04:15
0

ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަގުމަތީ ހަރަކާތް ފަށައިފިއެވެ.

މި ގިހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ. އަދި ގިނަ އަދަދެއްގެ އަންހެން ކަނަބަލުންނާއި، ޒުވާނުންވެސް މި ހިނގާލުމުގައި ބައިވެރިވެފައެވެ. މިއަދު ހިނގާލުން ފެށިގެން ދިޔައިރު ފުލުނުން އެއްވެސް ވަރަކަށް ހުރަސް އަޅާފައިނުވެއެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން ހިނގާލުން ކުރިއަށް ގެންދަމުންނެވެ.

ޤާއުމީ ދިދައާއި، ތަފާތުއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއިއެކު އިދިކޮޅުން ކުރާ އިހުތިޖާޖަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާކު ނެގެހެއްޓޭނީ އަދުލުވެރިކަމާއިއެެކު ރާއްޖޭގައި ކަންކަން ކުރެވިގެންކަމަށްވާތީ އެކަމާށް ގޮވާލައި ބާއްވާ ހިނގާލުމެއްކަމަށް ޕީއެންސީގެ ނާއިބް ރައީސް ޝުޖާ ވަނީ ވިދާޅުވެފައެވެ.

މިއީ ކޯވިޑް-19 ގެ ހާލަތު މިފަހުން ގޯސްވުމަށްފަހު އެޕާޓީން އިންތިޒާމުކުރާ ފުރަތަމަ މަގުމަތީ ހަރަކާތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.