ވާދަކުރުމުގެ ފުރުސަތު ދިނުމާއިއެކު މަޚްލޫފް ކެމްޕެއިނަށް، ބޮޑުތަރުހީބެއް!

ވާދަކުރުމުގެ ފުރުސަތު ދިނުމާއިއެކު މަޚްލޫފް ކެމްޕެއިނަށް، ބޮޑުތަރުހީބެއް!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 07:56
0

އެމްޑީޕީގެ ގައުމީ މަޖިލިހަށް މެމްބަރުން ހޮވުމަށް މިމަހު 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ޔޫތު މިނިސްޓަރ އަހުމަދު މަހުލުފަށް ވާދަ ކުރެވޭނަކަމަށް ނިންމުމުން މަހުލޫފް ކެމްޕެއިން ފަށައިފިއެވެ.

މަހުލޫފް ވާދަކުރައްވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ދިނުމާއިއެކު މަހުލޫފްވަނީ މިއަދު ރަށްތަކަށް ކެމްޕެއިންނަށް ފުރާފައެވެ. މަހުލޫފްގެ ކެމްޕެއިން ފަށާފައިވަނީ، ކ.އަތޮޅު ކާށިދޫއިންނެވެ. ކާށިދުއަށް މަޚްލޫފް ވަޑައިގެންނެވުމުން އެރަށު އެމްޑީޕީގެ ގިނަ މެމްބަރުންވަނީ މަޚްލޫފަށް މަރުހަބާ ދަންނަވާފައެވެ.

މަޚްލޫފްވަނީ ކާށިދުއަށް ކުރެއްވި ދަތުރުގައި އެރަށު ކައުންސިލާއި، އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. މިވަގުތު ސަސްޕެންޝަނުގައި ހުންނެވިނަމަވެސް މިނިސްޓްރީން ކާށިދޫގައި ކުރިއަށްގެންދާ މަޝްރޫޢުތައްވެސް މަޚްލޫފްވަނީ ބައްލަވާ ލައްވާފައެވެ. މަޚްލޫފްވަނީ އޭނާއަށް ކާށިދޫއިން ކިޔާފައިވާ މަރުހަބާއަށާއި، ކުރައްވާ ތާއީދަށް ޝުކުރު އަދާކުރައްވާފައެވެ.

ވާދަކުރުމުގެ ފުރުސަތުލިބުމާއެކު، ކެމްޕެއިން މިފެށީ ކާށިދޫ އިން. MDPގެ މެންބަރުން ވިދާޅުވި މަރުޚަބާއަށް އަދި ދެއްވި ޔަޤީންކަމަށް ޝުކުރު. ފުޓުބޯޅަ ދަނޑުގެ މަަަސައްކަތް ކުރިއަށްދާތީ އުފާކުރަން. ޕާކުގެ މަސައްކަތް އަވަސްކުރުމާ/ އިތުރު ބައެއްކަންކަމާ ކައުންސިލްއާއެކު މަސްވާރާކުރެވުނު.

– މަހުލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިޚާބުތަކާބެގޭ ކޮމިޓީން އެންމެ ފުރަތަމަ މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ނިންމާފައިވަނީ، އޭނާގެ މައްޗަށް ކުރެވިފައިވާ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު އޭސީސީން ބަލަމުންދާތީ ކަމަށް އެކޮމިޓީން އެންމެ ފުރަތަމަ ވަނީ ބުނެފައެވެ.

އަދި މަހުލޫފު މިހާރުވެސް ހުންނެވީ، އޭނާގެ މައްޗަށް ކުރެވެމުންދާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް އޭސީސީން ފޮނުވުމާ ގުޅިގެން ސަސްޕެންޝަންގައެވެ. އެހެންނަމަވެސް، އަދި މިހާތަނަސް ޕީޖީން މިމައްސަލައައި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީން އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަ ނުކުރެވޭނެކަމަށް ނިންމުމާ ގުޅިގެން އޭނާވަނީ މައްސަލަ ބަލާދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. މަހުލޫފް ހުށަހެޅި މައްސަލަ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެމްޑީޕީގެ ގައުމީ މަޖުލިސް އިންތިޚާބުގައި މަހުލޫފަށް ވާދަ ނުކުރެވޭ ގޮތަށް އެޕާޓީން ނިންމާފައިވަނީ ގޯސްކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ވަނީ އަންގާފައެވެ.

އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.