ވަޒީފާތަކަށް އެކަށޭނަ ދިވެހިން ތިބިނަމަ، ބޭރުމީހުންނަށް ފުރުސަތެއްނެތް: ރައީސް

ވަޒީފާތަކަށް އެކަށޭނަ ދިވެހިން ތިބިނަމަ، ބޭރުމީހުންނަށް ފުރުސަތެއްނެތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 10:39
0

ސަރުކާރުން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރުތަކުގައި ރަޖިސްޓްރީވާ ދިވެހިންގެ ތެރެއިން ވަޒީފާތަކަށް ޤާބިލް ބޭފުޅުން ތިބިނަމަ، އެވަޒީފާތަކަށް ބޭރު މީހުން ނުގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވެރިރަށް މާލެ ފިޔަވައި، އަތޮޅު ތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ހުޅުވި ޖޮބްސެންޓަރު، ރ.އަލިފުށީގައި ހުޅުވާ ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ތައުލީމީ ގޮތުން ޤާބިލް ހުނަރުވެރި މީހުން ތިބިކަމަށެވެ. ރައީސް ވިދާޅުވީ, ޖޮބް ސެންޓަރެއް އަތޮޅުތެރޭގައި ޤާއިމްވެގެން ދިއުމަކީ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. ރާއްޖޭގައި ވަޒީފާ ބޭނުންވާ ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޖޮބް ސެންޓަރގެ އެހީގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަން ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް ނުވަތަ ވަޒީފާ ހޯދާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤައުމީ ޖޮބް ސެންޓަރެއް އެންމެ ފުރަތަމަ މާލޭގައި ހުޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ރައީސް ވިދާޅުވީ ޖޮބް ސެންޓަރ ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ޖޮބް ސެންޓަރުގެ ޑެސްކެއް ޤާއިމްކުރެވިގެންދާނެކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަޒީފާ ހުރެ ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރުމަށް ވަޒީފާތަކަށް މީހުން ތަމްރީން ކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާތައްހުރެ ވަޒީފާތަކަށް އެކަށީގެންވާ މީހުން ތިބެ އެވަޒީފާތަކަށް ބޭރުމީހުން ގެނައުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ.

ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ, 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ބިދޭސީން ރާއްޖެ ގެނައުމަށް 56000 ފަރާތަކަށް ވޯކްޕާމިޓް ދޫކޮށްފައިވާކަމަށެވެ. އަދި އެއަހަރު ނިމުނުއިރު 51000 ބިދޭސީން ވަޒީފާތަކަށް ރާއްޖެ އެތެރެވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ހިނގަމުން އަންނަ 2021 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަސް ނިމުނުއިރު މިސަރުކާރުޔން ވޯކްޕާމިޓަށް ހުއްދަދިނީ 8900 މީހުންނަށްކަމަށާއި, އެ މުއްދަތުގައި ރާއްޖެ އެތެރެވީ 6900 މީހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް ދާއިރާތަކަށް ޚާއްޞަކޮށްގެން 2400 މީހުން ތަމްރީންކުރުމަށް އަމާޒުކޮށްފައިވާކަމަށާއި, މިއަހަރު 600 ފަރާތެއް ތަމްރީންކުރުމަށް ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕޮކެޓް މަނީގެ ގޮތުގައި 2000ގެ އެލަވެންސެއް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ތަމްރީން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް މި އަހަރުގެ ތެރޭގައި 600 ފަރާތެއް ތަމްރީން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް ދެމުންގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ, ވަޒީފާ ބޭނުންވެފައިތިބި މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުގެ ވިސްނުންހުރިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
Raajeaga ekasheegenvaa mehun baavaru vazeefa nulibafaves thitbanu bearun meehun genes bodetivazefathakan meehun lane. Vaahakaya.amalaka dimalennuve
އ އިބުރާހިމް ވަހީދު
ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރުގައި ކުލަ ލަންވެސް ދިވެހިން ކަމު ނުދަނީތޯ.؟