ބަނގުރާ އެކުލެވޭ ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި

ބަނގުރާ އެކުލެވޭ ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 09:08
0

ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ އެކުލެވޭ ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރާ އެކުލެވޭ ގިނަ ބާވަތްތަކުގެ ބުއިންތައް ހިމެނެއެވެ. ނައްތާލާފައިވަނީ ބަނގުރާ އެކުލެވޭ ބުއިންތަކުގެ 900 ފުޅިއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވައިދުގެ 412 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ އިދާރާތަކުން ހުއްދަ ނަގައިގެން އެތެރެކުރަންޖެހޭ ތަކެތީގެ ތެރެއިން ހުއްދަނެތި ގެންނަ ތަކެއްޗާއި، އެފަދަ ގަވާއިދުތަކާއި އުސޫލުތަކަށް ނުފެތޭ ތަކެތި ހިފެހެއްޓުމަށްފަހު އެތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.