އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ޔުނެސްކޯ ބަޔޮސްފިޔަރ ގޮތުގައި ކަނޑައަޅައިފި

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ޔުނެސްކޯ ބަޔޮސްފިޔަރ ގޮތުގައި ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
28 އޮކްޓޯބަރ 2020 07:38
0

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަކީ ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އައްޑޫސިޓީއާއި ފުވައްމުލަކުސިޓީ، ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިވަނީ މިދޔަ އަހަރުގެ ސެޕްތެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދެސިޓީ، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި މިއަދު ކަނޑައެޅުމާއިގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ދެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

އައްޑޫސިޓީއާއި ފުވައްމުކަު ސިޓީއަށް ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވްގެ ދަރަޖަ ދީފައިވަނީ ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ރިޒާވުގެ އިންޓަނޭޝަނަލް ކޯޑިނޭޓިންގް ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި އެދެސިޓީގެ މޭޔަރުންގެ އިތުރުން އެވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މުރަކަތަކެއް އެކުލެވޭ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބަރޯސާވެފައިވަނީ އެގުދުރަތީ ވަސީލަތްތަކުން ލިބޭ އެއްޗެއްގެ މައްޗަށްކަމަށެވެ. މިކަމުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ތިމާވެށްޓައް އަންނަ ބަދަލުތަކާއި އެތަންތަނުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.

މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުނުއިރު ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ޕްރޮގްރާމަކީ ތަނެއްގައިވާ ގުދުރަތީ ރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލު ނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކޮށް ބެލެހެއްޓުމެވެ. އައްޑޫސިޓީއާއި ފުވައްމުލަކުސިޓީ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވަކަށް ހަމަޖެހިފައިވުމާއެކު ރާއްޖޭގައި ބަޔޮސްފިޔަރ ރިޒާވްގެ 3 ސަރަހައްދު ހިމެނެއެވެ. އެއއީ އައްޑޫސިޓީއާއި ފުވައްމުލަކު ބަޔޮސްފިޔަރ ރިޒާވްގެ އިތުރުން 2011 ވަނަ އަހަރު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުނު ބ.އަތޮޅު ބަޔޮސްފިޔަރ ރިޒާވެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.