ތާލިބާން ހަގުރާމަވެރިން އަފްއާނިސްތާން ގެ ޤަލަތު ޒަބުލް ޕްރޮވިންސް މަގުމަތީ މާޗުކުރަނީ

ތާލިބާން ޖަމާއަތުން ބޭނުންވަނީ ކުރީގެ ހުރިހާ ސިފައިންވެސް، އާ ސަރުކާރުގެ އަސްކަރިއްޔާއައި ގުޅެން

ތާލިބާން ޖަމާއަތުން ބޭނުންވަނީ ކުރީގެ ހުރިހާ ސިފައިންވެސް، އާ ސަރުކާރުގެ އަސްކަރިއްޔާއައި ގުޅެން

އަފްއާނިސްޔާތުނުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކޮށްފައިވާ ހުރިހާ އެންމެންވެސް އެގައުމުގައި އަލަށް އުފައްދާ އަސްކަރިއްޔާއާއި ގުޅުމަށް އެގައުމުގެ ހުރިހާ ހަގުރާމަވެރިންނަށް ވެސް ގޮވާލާ، ވަކިވެގަތުމަށް ހަގުރާމަކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

"ފާއިތުވެދިޔަ 20 އަހަރު އަފްއާނިސްތާނުގައި ތަމްރީން ކޮށްފައިވާ ހުރިހާ ސިފައިންވެސް އަފްއާނިސްތާނުގެ އާ އަސްކަރިއްޔާއާއި ގުޅުމަށް ދައުވަތު ދެވޭނެ،" ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަހީބުﷲ މުޖާހިދު ކާބުލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައި ވެއެވެ.

ޕަންޖިޝިރު ޕްރޮވިންސްވެސް އެމީހުންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ވިދާޅުވަމުން ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާ ދެކޮޅަށްވެސް ވަރުގަދަ އެޖަމާއަތުން ހަގުރާމަ ކުރާނެ ކަމުގައެވެ.

"ވަކިވެގަތުމަށް ކުރެވޭ ހަގުރާމަތަކަށް ތާލިބާން ޖަމާއަތުން ފާރަލާ ބަލާނެ. އަދި ވަކިވެގަތުމަށް ހަގުރާމަ ފަށާ ހަމަ ކޮންމެބަޔަކާ ދެކޮޅަށްވެސް ވަރުގަދަޔަ ހަގުރާމަ ކުރެވޭނެ. އެފުރުސަތެއް ނުދޭނަން،" ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވިދާޅުވެވައި ވެއެވެ.

"ހަތިޔާރު ނަގައިގެން، އަލުން އަހަރެމެންނާ ދެކޮޅަށް ހަގުރާމަ އިއުލާން ކުރާ ކޮންމެ ބަޔަކީވެސް އަހަރެމެންގެ ދުޝްމަނުން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

"ހަގުރާމަ މިވަނީ ނިމިފަ، ގައުމު މިދަނީ މިކާރިސާއިން ބޭރުވަމުން. މިއީ ހަމަޖެހުމާއި އާރާސްތު ކުރުމުގެ ވަގުތު، އަހަރެމެން ބޭނުންވޭ އަފްއާނިސްތާނުގެ ރައްޔިތުންގެ އެހީތެރިކަން."

ތާލިބާން ޖަމާއަތުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އެޖަމާއަތުން ވަރަށް އަވަހަށް އާ ސަރުކާރު އިއުލާން ކުރާނެއެވެ.

"ކުރިމަތިވެފައިވާ ޓެކްނިކަލް ބައެއް މައްސަލަތައް ހައްލުވުމާއެކު އަހަރެމެން އާ ސަރުކާރު އިއުލާން ކުރާނަނަން،" އޭނާ ވިދާޅުވިއެވެ.

ތާލިބާން ޖަމާއަތުން މިހާރު މަސައްކަތް ކުރަމުންދަނީ، ފާއިތުވެދިޔަ ހަފްތާގައި، އެމެރިކާ ސިފައިން ދޫކޮށްދިޔަ ކާބުލްގެ އެއަރޕޯޓު ހުޅުވާ އޮޕަރޭޓް ކުރަން ފަށާށެވެ. މުޖާހިދު ވިދާޅުވި ގޮތުގައި ކާބުލްގެ އެއަރޕޯޓުގެ މަސައްކަތް އަލުން ފެށުމަށް ޤަތަރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައެވެ. އަދި ވިދާޅުވީ އެއަރޕޯޓު އަލުން ހުޅުވުމަށް "ވަރަށް ސީރިއަސް" މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައެވެ.

މި ނޫސް ކޮންފަރެންސްގައި މުޖާހިދުވަނީ، ބޭރުގެ ގައުމުތަކުން އެގައުމުގައި މިހާރު ބަންދު ކޮށްފައިވާ އެމްބަސީތައްވެސް އަލުން ހުޅުވުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *