ރަނގަޅުގޮތް ބުނެދިނުމުންވެސް ކަތިލީ ޝަޚުޝު: ޑރ.ޝަހީމް

ރަނގަޅުގޮތް ބުނެދިނުމުންވެސް ކަތިލީ ޝަޚުޝު: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 01:19
0

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތްކަން ފާހަގަވެގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުންވެސް ކަތިލީ ޝަހުޝު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބައެއް ގްރޭޑްތަކުގައި އިސްލާމް ފޮތާއި ޤުރުޢާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ޕްރިންޓްވެފައިވާ މައްސަލައިގައި އިޙުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ،އައިޝަތު އަލީ ވަނީ މިއަދު ވިދާޅުވެފައެވެ. އަދ މިނިސްޓަރ ވިދާޅުވީ ފޮތްތަކުގައި މައްސަލަ ހުރުމަކީ އަަބަދުވެސް ދިމާވާ ކަމެއްކަމަށެވެ.

ނަމަވެސް މިކަން ސިޔާސީ ކަމަކަށް ހަދައި، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ޑޜއައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ތައުލީމީ ކަންކަމަށް ބެލެނިވެރިންގެ އިތުބާރު ގެއްލޭފަދަ ކަންކަން ކުރުމުން އެފަދަ ކަންކަމުގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމަށެވެ. ތައުލީމަކީ ސިޔާސީ ކަންކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރައާއި، އަދި ޕްރެސްގައި ބައިވެރިވި ބޭފުޅުންވަނީ ފޮތްތަކުގައު ހުރި ކުށްތަކުގެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ރައްދު ދެއްވާފައެވެ.

ޑރޝަހީމްއަކީ ފޮތްތަކުގައި ޤުރުއާން ނުބައިކޮށް ހުރިކަން އެންމެ ފުރަތަމަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ބޭފުޅާއެވެ. ޑރ.ޝަހީމް ވަނީ ފޮތްތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް ވީހާވެސް އަވަހަށް އެކަން ހައްލުކޮށް ދެއްވުމަށް އެދިފައެވެ. ޑރ.ޝަހީމް ވިދާޅުވީ ރަނގަޅުގޮތް މިނިސްޓްރީއަށް ސާފުކޮށް ދެއްވުމުންވެސް ޝަހުޝު ކަތިލުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ.

ރަނގަޅު ގޮތް ބެނެދިނުމުން، ޝަޚުޝު ކަތިލުމަކީ އެޑިއުކޭޝަން މިނިސްޓްރީން ހިންގި ވަރަށް ޒިންމާދާރުކަން ކުޑަކަމެއް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

އިސްލާމް އަދި ޤުރުއާން ފޮތްތަކުން ފެނުނު ކުށްތަކާ ގުޅިގެން އިދިކޮޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު އަދި ޕީޕީއެމްގެ އެދްވައިޒަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުރުއާން މާއްދާއަކީ އެހްނެ މާއްދާތަކާއި ވަރަށް ތަފާތު އަދި މާ ހާއްސަ މާއްދާއެއްކަމަށާއި އެފަދަ ކުށްތަކެއް ފެނުން ބަލައި ނުގަނެވޭކަމަށެވެ. އެގޮތުން މިއީ ބޮޑު މައްސަލައެއްކަން ޝަހީމް ފާހަގަކުރައްވާފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރާއި ނަފްރަތުގެ އަމަލަށް ހިތްވަރު ދޭކަމަށް ބުނެ މި ސަރުކާރުން ފޮތްތަކުގެ މުގައްރަރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ނަމަވެސް އެފަދަ އެއްވެސް އަމަލަކަށް ފޮތްތަކުގައި ހިތްވަރު ދީފައި ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Quruan fothaai islam fothugai kuh hurumakee dheenah kurevey emme bodethi fithunaige thereygai himeneyne kanthah. 2015 in feshigen kuh hurumakee ekuh thakuraaru kuran jehey kameh noon. miadhu minister akah huri faraathun eyge furihama zimmaa nagan jeheyne.