އެމެރިކާގެ ވެއްޓުނު MH-60Sމަރުކާގެ ހެލިކޮޕްޓަރއެއް

އެމެރިކާގެ ވެއްޓުނު އަސްކަރީ ހެލިކޮޕްޓަރުގައި ދަތުރުކުރި ހުރިހާ ސިފައިންވެސް ވަނީ މަރުވެފަ

އެމެރިކާގެ ވެއްޓުނު އަސްކަރީ ހެލިކޮޕްޓަރުގައި ދަތުރުކުރި ހުރިހާ ސިފައިންވެސް ވަނީ މަރުވެފަ

މީގެ ހަފްތާއެއްކުރިން، ޕެސިފިކް ކަނޑަށް ވެއްޓުނު އެމެރިކާގެ އަސްކަރިއްޔާގެ ނޭވީގެ މަތިންދާ ބޯޓުގައި ދަތުރުކުރަމުން ދިޔަ ހުރިހާ ސިފައިންވެސް މަރުވެފައިވާ ކަމަށް ޔުއެސް ނޭވީން ނިންމައިފިއެވެ.

ހެލިޕްޓަރުގައި ދަތުރުކުރި ހުރިހާ ސިފައިންވެސް މަރުވެފައިވާ ކަމަށް ނޭވީން ނިންމުމާއި ގުޅިގެން، މި މީހުން ހޯދާ ސަލަމަތްކުރުމަށް މިހާތަނަށް ކުރަމުންއައި މަސައްކަތް މިހާރުވަނީ، ހަމައެކަނި، ގެއްލިފައިވާ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނަކަށް ބަދަލު ކޮށްފައެވެ.

އެމެރިކާގެ ނޭވީގެ ޕެސިފިކް ފްލީޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވެއްޓުނު ހެލިކޮޕްޓަރުގައި ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ނިންމާފައިވަނީ، 72 ގަޑިއިރުވަންދެން ގުޅިގެން ހިންގުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކާ އަދި އެތަކެއް ރެސްކިއު ފްލައިޓްތަކެއްގެ ބޭނުންވެސް ކޮށްގެން ވެއްޓުނު ހެލިކޮޕްޓަރުގެ ބައިތައް ހޯދުމަށް ކުރެވުނު މަސައްކަތްތަކަށް ފަހުގައެވެ.

މި ހެލިކޮޕްޓަރުގައި ދަތުރުކުރިން ސިފައިންގެ މައުލޫމާތު ހާމަކުރުންވަނީ، އެފަރާތްތަކުގެ އާއިލާތަކަށް މައުލޫމާތު ހިއްސާކުރެވެންދެން ހާމަނުކޮށް ލަސްކުރެވިފައެވެ.

MH-60S މަރުކާގެ މި ހެލިކޮޕްޓަރ ޕެސިފިކް ކަޑަށް ވެއްޓުނުއިރު، ޔޫއެސްއެސް އަބްރަހަމް ލިންކަން އެއަރކްރާފްޓް ކެރިއަރުގައި ތިބި 5 ފަޅުވެރިއަކަށްވެސް ވަނީ އަނިޔާވެފައެވެ.

ސޭން ޑިއޭގޯގެ 112 ކިލޯމީޓަރ ދުރުން ހިގާފައިވާ މި ހެލިކޮޕްޓަރ ވެއްޓުުމުގެ ހާދިސާ މިހާރުދަނީ ތަހުގީގު ކުރެވެމުންނެވެ. އަދި މިހާދިސާގައި، އެއަރކްރާފްޓް ކެރިއަރުގައި އެވަގުތު ތިބި ބައެއް މީހުންނަށްވެސް އަނިޔާވެފައިވާތީ، މި ހާދިސާގެ ސަބަބުން ހަގުރާމަމަތީ މަތިންދާ ބޯޓު އުފުލާ މިއުޅަދަށްވެސް، ހެލިކޮޕްޓަރުން ނުވަތަ ހެލޮކޮޕްޓަރުގެ ބައިތަކުންޖެހި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާނެކަމަށްވެސް ވަނީ ބެލެވިފައެވެ.

ހަގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ އުޅަދުތަކަށް ހެލިކޮޕްޓަރުތައް ޖައްސާ އަދި އުދުއްސާއިރު، އޭގެ ކައިރީގައި ފަޅުވެރިން އާންމުކޮށް މަސައްކަތް ކުރަމުންދެއެވެ.

އެމެރިކާގެ ނޭވީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހެލިކޮޕްޓަރ ވެއްޓިފައިވަނީ، އާންމު ފްލައިޓް އޮޕަރޭޝަނެއްގައި އުޅެނިކޮށެވެ.

MH-60S މަރުކާގެ ހެލިކޮޕްޓަރު ތަކަކީ، އާންމު ގޮތެގައި 4 މީހުން ދަތުރުކުރާ ހެލިކޮޕްޓަރު ތަކެކެވެ. އަދި މި ހެލިކޮޕްޓަރުތައް ބޭނުން ކުރަނީ، ހަގުރާމަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނާއި، ކާރިސާތަކާއި އަދި ހާދިޔާސަތުގައި ގެއްލޭ މީހުން ސަލާމަތްކުރުމާއި ހޯދުމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *