ވެލާނާ އިންޓަރ ނޭޝަނަލް އެއާރޕޯޓުގައި ބޭނުން ކުރާ ޓްރޯލީގައި، ބޭރު މީހަކު މާލޭ މަގުމަތީގައި ލެޖާއެކު ހިނގާފައިދާ މަންޒަރު ފެނިއްޖެއެވެ.
މިމީހާއަކީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަން ނޭގުނު ނަމަވެސް، މިއީ އިންޑިއާއިން ރާއްޖެއަށް ރާއްޖެއައި ފަތުރުވެރިއެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

މިއަދު މީސްމީޑިއާގައި ވަރިލްވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިންޑިއާއިން ރާއްޖެ އައިސްތިބި ބައެއް ފަރާތްތަކުން، ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޓްރޯލީތައް ހިފައިގެން ވަނީ މާލެ އައިސްފައެވެ. އަދި އެ ޓްރޯލީތަކަށް އެމީހުންގެ ދަބަސްތައް އަޅައިގެން އަމީނީ މަގުން ލާފައި ދާ މަންޒަރު ވެސް އާންމިވެފައިވާ ވީޑިއޯތަކުން ފެނެއެވެ.
މިއީ މަނާކަމަކަށްވާއިރު، މި ޓްރޯލީ އެމީހުން މާލެއަށް ގެނައީ ކިހިނެތްކަމެއް އެނގިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ