އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާތީ ބްރިޖުގެ އެއްލޭނުން ދަތުރުކުރެވޭނެ ގޮތްހަދާ މާލެ ސަރަހައްދުގެ ބައެއް މަގުތަށް އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މިއަދު ބަންދުކުރުމަށް ނިންމާ އެމަގުތައް އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން 18:00 އަށް ބްރިޖާއި ބައެއް މަގުތައް ބަންދުވާނެކަމަށެވެ. ފުލުހުން ވަނީ އެމަގުތައް ދައްކުވައިދޭ ޗާޓުވެސް ޢާންމުކޮށްފައެވެ. އެގޮތުން ބްރިޖާއި، އެމަގާއި ގުޅިފައިއިވާ ބޮޑުތަކުރުފާނު މަގު ފޮރިންމިނިސްޓްރީ އާއި ހަމައަށް ބަންދުކުރާނެއެވެ. ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖުން ވީއައިޕީ ދަތުރުކުރައްވާ ވަގުތު ފިޔަވާ އެހެން ގަޑިތަކުގައި ބްރިޖުގެ އެއްލޭނުން ދެކޮޅަށް ދަތުރުކުރެވޭނެކަމަށެވެ.
އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު މެންދުރު 12:30ން ފެށިގެން 18:00އަށް ތިރީގައިވާ ޗާޓާއި އެއްގޮތަށް މަގު ބަންދުކުރެވޭނެ. 1/2 pic.twitter.com/JoVwyAypr9
— Maldives Police (@PoliceMv) October 28, 2020
ބަންދުކުރެވޭ މަގުތަކާއި ސަރަހައްދުތައް:
1- އެއަރޕޯޓް މަގު،
2- ސިނަމާލެ ބްރިޖް،
3- ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް
4- ގްރީން ޒޯން
ނޫސްވެރިންގެ ސަމާލުކަމަށް: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރެވޭ ސަރަހައްދުގައި ހަރަކާތްތެރިވެވޭނީ އިވެންޓަށް ފާސްދޫކޮށްފައިވާ ނޫސްވެރިންނަށް. އަދި މި ނޫސްވެރިންނަށްވެސް ހަރަކާތްތެރިވެވޭނީ ދީފައިވާ އިރުޝާދާ އެއްގޮތަށް. pic.twitter.com/diBof9DyId
— Maldives Police (@PoliceMv) October 28, 2020
ފުލުހުން ވިދާޅުވީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރެވޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިވެންޓަށް ފާސްދޫކޮށްފައިވާ ނޫސްވެރިންނަށް އެކަނިކަމަށާއި، އެނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ ފުލުހުން ދީފައިވާ އިރުޝާދާ އެއްގޮތަށްކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މިދަތުރުފުޅަކީ އެއްދުވަހުގެ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ