މިދިއަ ދެތިން މަހުން ފެށިގެން "އޯ މައި ގޯޑް 2″ އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. ލީޑް ރޯލުން އަކްޝޭ ކުމާރާއި ޕަންކަޖް ތުރިޕާޓީވެސް ފެނިގެން ދާނެ މިފިލްމުގެ އަންހެން ތަރި ޔަގީން ވެފައި ވަނީވެސް ދާދި ފަހުންނެވެ. އެގޮތުން ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޔަމީ ގޯތަމްއެވެ.
މީގެ ފުރަތަމަ ފިލްމުން ފެނިގެން ދިއަ ހިންދޫއިންގެ ކަލާންގެ ކްރިޝްނާގެ ރޯލުން މިފަހަރުވެސް ފެނިގެން ދާނީ އަކްޝޭއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމްގެ ޝޫޓިން ބުދަ ދުވަހު ވަނީ ޕަންކަޖާއެކު ފަށާފައެވެ. ކުރިއަށް އޮތްތާ ޔަމީ ޝޫޓިންއާ ގުޅޭނެ ކަމަށާއި އަކްޝޭގެ ޝޫޓިންތައް ފަށާނީ އަންނަ މަހު ކަމަށް ފިލްމުގެ ޑައިރެކްޓަރ ބުނެފައި ވެއެވެ.
"އޯ މައި ގޯޑް2″ ގެ ޕްރޮޑިއުސަރަކީ އަޝްވިން ވާރްދޭ އާއި އަކްޝޭ ކުމާރެވެ. މި ފިލްމް ގެ އިތުރުން އަކްޝޭ ކުމާރުގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި "ރާމް ސޭތޫ' އަދި "ރަކްޝާ ބަންދަން" ހިމެނެއެވެ.
ކޮމެންޓު ފޮނުވާ