40 އަހަރުގެ ތާރީހުގައި އެމްޓީސީސީގެ އެންމެ ބޮޑު ޕްރޮޖްކެޓްގައި ސޮއިކޮށްފި

40 އަހަރުގެ ތާރީހުގައި އެމްޓީސީސީގެ އެންމެ ބޮޑު ޕްރޮޖްކެޓްގައި ސޮއިކޮށްފި

އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚްގައި ހަވާލުކުރެވުނު އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއުގައި މިއަދު އެމްޓީސީސީއިން ސޮއިކޮށްފިއެވެ.

މިމަޝްރޫޢުއަކީ ރ. އަލިފުށީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މިމަޝްރޫޢުގެ ދަށުން ރ. އަލިފުށީ ގެ 5.50 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްވެދެންނެވުނު ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޙާއްސަކުރެވިގެން ހިއްކޭބިމެކެވެ. އަދި ބާކީ 5.40 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްޤީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ މިކުންފުންޏާއި ހަވާލުކޮށްފައެވެ.

އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއްވެސް ޤާއިމްކުރެވިގެންދާނެއެވެ. މިއީ 61.451 މިލިއަން ރުފިޔާ ގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 750 ދުވަހުގެތެރޭގައެވެ. އަދި މި މަޝްރޫޢަކީ އަގުގެ ގޮތުންނާއި، މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން މިކުންފުންޏާއި ހަވާލުކުރެއްވި އެންމެ ބޮޑު މަޝްރޫޢެވެ. އެގޮތުން ސަރުކާރުން މިކުންފުންޏަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި ކުރައްވާ އިތުބާރު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޟިލް މުހަންމަދު އަސްލަމް އަދި މިނިސްޓަރ އޮފް ފައިނޭންސް، އަލްފާޟިލް އިބްރާހީމް އަމީރަށް، ވަނީ ޝުކުރު ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *