ޕީޕީއެމްގެ ކުދިންކޮޅު ކުރިމަތީގައި އަލީ ޒާހިރު ދެއްކެވި ހިތްވަރަށް ސާބަސް: ޑރ.އިޔާޒު

ޕީޕީއެމްގެ ކުދިންކޮޅު ކުރިމަތީގައި އަލީ ޒާހިރު ދެއްކެވި ހިތްވަރަށް ސާބަސް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2021 09:21
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ރައީސް އޮފީހުގެ ބޭފުޅަކާއި، ބައްދަލު ކުރަން ދިއުމުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެކަނިމާ އެކަނި ޕީޕީއެމް ޓީމާއި ބައްދަލުކޮށް ދެއްކެވި ހިތްވަރަށް ޝައިޚު ޑރ.މުހައްމަދު އިޔާޒު ތަޢުރީފް ކުރައްވައިފިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި 3 ފަނޑިޔާރެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަމުގައި އިދިކޮޅު މެމްބަރުން ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށް އިއްޔެ ވަނީ ރައީސް އޮފީހަށް ގޮސްފައެވެ. ރައީސް އޮފީހަށް ދިއުމުން މެމްބަރުންނާއި ބައްދަލު ކުރެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. އަލީ ޒާހިރު މެމްބަރުންގެ ކަންބޮޑުވުން އަޑު އައްސަވައި، ދެއްވި ޖަވާބުތަކަށް ޑރ،އިޔާޒު ވަނީ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ.

ޕީޕީއެމްގެ ކުދިންކޮޅު ކުރިމަތީގައި އަލީ ޒާހިރު އެކަނިމާއެކަނި ދެއްކެވި ހިތްވަރަށް އައްސަރި ބަހާއި ތަހުނިޔާ ދަންނަވަން.

– ޑރ.އިޔާޒު ވިދާޅުވިއެވެ. 

ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ފަނޑިޔާރަކަށް ނުފޫޒު ނުފޯރުވަން: އަލީ ޒާހިރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައި ނުވާކަމަށް ޢަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވިއެވެ. މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.