އެމްޑީޕީ ނަޝީދު އަތުން އަތުލަން އެބަ މަސައްކަތް ކުރޭ: މުސްތަފާ

އެމްޑީޕީ ނަޝީދު އަތުން އަތުލަން އެބަ މަސައްކަތް ކުރޭ: މުސްތަފާ

Author
ހުސެއިން
31 އޮގަސްޓް 2021 02:25
0

އެމްޑީޕީ އެޕާޓީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތުން އަތުލަން މަސައްކަތް ކުރަމުންދާ ކަމުގައި، ތިމަރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވިދާޅު ވެއްޖެއެވެ.

މުސްތަފާ ވަނީ، ސަރުކާރު ގެންނަން މަސައްކަތްކުރި ފަރާތްތަކަށްވެސް ލިބުނީ ލަގާއެއް ކަމުގައިކަމަށް ވިދާޅުވެ، އޭނާގެ ހަޔާތުގެ މިވަރުގެ ވެރިކަމެއް ނުދެކޭކަމަށްވެސް މުސްތަފާވަނީ ވިދާޅުވެފައެވެ.

މުސްތަފާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ދާދިފަހުން އޭނާވަނީ، އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވާ މިހާރު އާންމުންގެ ސޮއި ހޯދަމުންދާ ބަރުލަމާ ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ. އަދި މުސްތަފާ ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ހަމަ އެއާއެކު، ރޭގެ ބޭއްވި އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލިސް ހޮވުމަށް ބޭއްވުނު ސިއްރު ވޯޓު، ރައީސް ސާލިހަށް ތާއީދުކުރާ ފެކްޝަނުން ކާމިޔާބު ކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައިވެސް ދެފެކްޝަންގެ ވާދަވެރިކަން ވަރަށް ބޮޑުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ.

އަދި މީގެ އިތުރުން މުސްތަފާ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ސާލިހާ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގައި، ރައީސް ނަޝީދު ފަޅިއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޯޑް
މުސްތަފާބެ އެތައް މަސައްކަތަކުން ތިމަރަފުށީގަ އެމްޑީޕީ ވަރުގަދަ ކުރީމާ އަންވަރު އެޕާރޓީ ރިޔާޒައް ވިއްކާލާފި.. މުޅި ރަށުގަ އޮތީ އެމްއެންޕީ.. ރައީސް އިބޫ އައި ދަތުރުގަ އެމްޑީޕީ ހަރުގޭގަ ތިޔާޒައް ތައުރީފު ކުރީމަ މި ވާނުވާ އިނގެންވާނެ. ތިމަރަފުށި ދާއިރާ ގައުމީ މަޖްލީހަށް މުސްތަފާބެ ނިކުތުމަށް ގޮވާލަން… އަންވަރަކަށް މިކަމެއް ނުވާނެ.
A Attamas
MDP akee nasheed ge mudhaagandeh tha?