އަފްޣާނިސްތާނުގެ ޙާލަތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެން މަސައްކަތްކޮށްދެއްވުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެދިވަޑައިގެފިއެވެ.
އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެއަކީވެސް އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޑީ.އެފް)ގެ މެންބަރުންނަށްވާއިރު އަފްޣާނިސްތާނަށް މިވަގުތު ދިމާވެފައިވާ ޙައްސާސީ ހާލަތުގައި، ޠާލިބާނުން ޢަމަލުކޮށްފާނެ ގޮތަކާމެދު އޭ.ޕީ.އެފްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަށާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް އެޗްއާރުސީއެމްއިން ވަކިވަކި ފޮނުވި ސިޓީގައި ވަނީ އަފްޣާނިސްތާނުގެ އިންސާނީ ހައްޤުތަކާބެހޭ މުއައްސަސާތަކުގެ މުއައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކާއި އެ ޤައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި އާންމު ރައްޔިތުންގެ އިތުރަށް އެގައުމުގައި ދިރިއުޅެމުންދާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެންހުރި އެންމެހައި މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަފްޣާނިސްތާނުގެ މިވަގުތުގެ ޙާލަތާގުޅިގެން އެޗްއާރުސީއެމްގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، އަފްޣާނިސް ނިސްތާނުގެ ޙާލަތާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކުގައި ވެދެއްވެންއޮތް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށް ކޮމިޝަނުން ސަރުކާރާއެކު ތިބިކަމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ