100 މެމްބަރުންގެ ވޯޓާއިއެކު އެމްޑީޕީގެ ފަނޑިޔާރުގެ މަޖިލިސް އިންތިހާބު ފަސްކޮށްފި

100 މެމްބަރުންގެ ވޯޓާއިއެކު އެމްޑީޕީގެ ފަނޑިޔާރުގެ މަޖިލިސް އިންތިހާބު ފަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 08:55
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު 100 މެމްބަރުންގެ ވޯޓާއިއެކު ފަސްކޮށްފިއެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލިހަށް 18 މެމްބަރުން ވަނީ ކުރިމަތިލައްވައިފައެވެ. މި މަޖިލިހުގައި ތިއްބަވަން ޖެހޭނީ ނުވަ މެމްބަރުންނެވެ. ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި މިޖަލްސާ ފެށުމާއިއެކު އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ވޯޓު އޮންލައިންކޮށް ނޫންގޮތަކަށް ބޭއްވުމަށް އެކި މެމްބަރުން ދިޔައީ ހުށަހަޅަމުންނެވެ. އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ އޮންލައިންކޮށް ވޯޓަށް އަހައި އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށެވެ

އެގޮތުން އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އައްޑޫ ދާއިރާގެ ރައީސް އަދުހަމް ވަނީ ދެ ހުށައެޅުމެއް ހުށައަޅާފައެވެ. އެއީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު، ވޯޓްލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށާއި އެ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

އިންތިހާބު ވޯޓްލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށް ހުށައެޅި ހުށައެޅުމަށް 100 މެންބަރުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 15 މެންބަރުންނެވެ. އިންތިހާބުގެ ވޯޓް ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ތާއީދުކޮށް ވޯޓްދީފައިވެއެވެ. ސިއްރުކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވަނީ ވޯޓްދީފައެވެ. އެ ވޯޓްގައި ބައިވެރިވީ 118 މެންބަރުންނެވެ.

ގައުމީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުން އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސިއްރު ވޯޓު ބޭއްވުމަށް މެމްބަރުން ހާޒިރުވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަވާނެ ކަމަށެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އޮވެގެން އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އެކަމެއް ބަލައި ނިންމުމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސް އާއި އަށް މެމްބަރުންގެ މައްޗަށެވެ.

މިރޭގެ ގައުމީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރީން މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ބައެއް މެންބަރުން ވަނީ އެ ދެ ވޯޓަށް ނޭހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތާމެދުވެސް ސުވާލުތައް އުފެއްދިއެވެ.

ރައީސް ނަޝީދުގެ ހޫނު ރައްދެއް މެންބަރު ބިގޭއަށް

ރިޔާސަތުގައި އިންނަވައިގެން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ޖަވާބު ދެއްވާފައެވެ. ހަސަން ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ފިޒިކަލީ ހާޒިރުވެގެން އަދި ވޯޓް ސިއްރުކޮށްގެން ކުރިއަށް ގެންދަން ގައުމީ މަޖިލީހަށް ނިންމޭނެ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ އެޕްލިކޭޝަން ހުށައެޅި ތަރުތީބުން ކަމަށް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ކެންޑިޑޭޓުން ފޯމް ހުށައެޅީ އޮންލައިންކޮށް ކަމަށްވާތީ ހުށައެޅި ތާރީހާއި ގަޑި ފެންނަން ހުންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.