1.6މިލިއަން ރުފިޔާގެ ބިލު ނުދައްކައިގެން ވިލިނގިލި ކައުންސިލުން ކަރަންޓް ކަނޑާލައިފި

1.6މިލިއަން ރުފިޔާގެ ބިލު ނުދައްކައިގެން ވިލިނގިލި ކައުންސިލުން ކަރަންޓް ކަނޑާލައިފި

Author
މުޙައްމަދު ޖިމީ
25 އޮގަސްޓް 2021 03:05
0

ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ކަރަންޓް ބިލަށް އަރަފައިވާ 1.6 މިލިއަން ރުފިޔާ ނުދައްކަތީ، އެ އިދާރާއިން ކަރަންޓް ކަނޑާލައިފިއެވެ.

ވިލިނގިލީ ކައުންސިލް މެންބަރަކު ވިދާޅޫވީ 2019 ވަނަ އަހަރުން ފެށިގެން އެ ދިދާރާގެ ބެލުމުގެ ދަސުގައި ހުރި ތަންތަނުގެ ކަރަންޓް ބިލް ދައްކާފައިނުވާތީ، އެ ބިލްތަކަށް 1.6 މިލިއަން ރުފިޔާ އަރާފައިވާކަމަށެވެ. މިގޮތުން އެ ބިލުތަކަސް ފައިސާ ދައްކާ ޚަލާސްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، މިގޮތުން މިއަހަރުގެ ކުރީކޮޅުވެސް 6 ލައްކަ ރުފިޔާ ދައްކާފައިވާކަމަށް ކައުންސިލަރ ވިދާޅުވިއެވެ. ނަމަވެސް އެއްފަހަރާ ފައިސާ ދައްކަ ޚަލާސްކުރެވޭ މިންވަރަށް އެ އިދާރާގެ ބަޖެޓްގައި ފައިސާ ނެތްކަމަށްވެސް ވިދާޅުވިއެވެ.

ބިލްތަކަށް ފައިސާ ނުދައްކައިގެން ވިލިނގިލީ ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލުމަށްފަހު، ދެފަރާތުން ވާހަކަދައްކައިގެން މިހާރު ވަނީ ކަރަންޓް ދީފައެވެ. ވިލިނގިލީ ކައުންސިލް އިދާރާއިން ބުނީ އެފަރާތުން ވާހަކަ ދައްކައިގެން ފައިސާ ދެއްކުމަށް ހުރި ގޮތްތަކައި ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.