ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށައަޅައިފި

ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2021 10:04
0

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ.

ޕެޓިޝަން ޙަވާލުކުރަމުން އޭނާ ބުނީ މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކޮށް އޭނާ ބުނީ މިކަމުގެ ފުރުޞަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. ގިނަ ފަރާތްތަކުން ފާހަގަކުރީ އެޗް.ޑީސީގެ ދަށުން މުނިސިޕަލް ޚިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ޙަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ޚިދުމަތް ބަދަލުވާންޖެހޭނެއެވެ.

މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުޞަތުތަށް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަން ރައްޔިތުން ފާހަގަކުރިއެވެ. އަދި ޢާއްމު ދިރިއުޅުމުގައި ޢާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސްއިންދުންފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗް.ޑީ،ސީގެ ފަރާތުން އެކަން މަނާކުރާކަމާ، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއްކުރިނަމަވެސް އެކަން މަނާކުރަމުން ނުދާކަމަށެވެ. އެހެންކަމުން ކައުންސިލެއްގެ ދަށަށް ގޮސްގެން ނޫނީ ރައްޔިތުންނަށް ރނގަޅުގޮތްތައް ނެތްކަން ފާހަގަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.