އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު

އައިއެމްއެފް އިން އަފްއާނިސްތާންގެ ހުރިހާ ފަންޑެއް ހިފަހައްޓައިފި

އައިއެމްއެފް އިން އަފްއާނިސްތާންގެ ހުރިހާ ފަންޑެއް ހިފަހައްޓައިފި

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، IMF އިން، އަފްއާނިސްތާނަށް ދޭން ހަމަޖައްސާފައިވާ ހުރިހާ އެހީހެއް މަޑުޖައްސާލާފައިވާކަން އިއުލާން ކޮށްފިއެވެ.

އައިއެމްއެފްއިން ހާމަކޮށްފައިވާ ގޮތުގައި އެ ފަންޑުން އަފްއާންއަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ އެހީތައް ހިފަހައްޓާފައިވަނީ، އެގައުމު ތާލިބާނުންގެ ބާރުގެދަށަށް ގޮސް، އެގައުމުގެ ލީޑަޝްޕަށް އަންނާނެ ބަދަލުތަކެއް ސުވާލުތަކެއްގެ ތެރޭގައި ވާތީއެވެ.

"އަފްއާނިސްތާނުގައި އަލަށް އުފެދޭ ސަރުކާރު ބަލައިގަތުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުޖުތަމަޢުގައި ވަރަށް ބޮޑެތި ނުތަނަވަސްކަންތަކެއް އެބަހުރި، އޭގެ ނަތީޖާއެއްގެ ގޮތުން، އައިއެމްގެ އެއްވެސް ވަސީލަތެއް މިވަގުތު އެގައުމަށް ފޯރުކޮށްދެވެމުން ނުދާނެ،" އައިއެމްއެފްގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަފްއާނިސްތާންގެ ބޭރުފައިސާގެ ރިޒާވް މައިގަޑުގޮތެއްގައި ރައްކާ ކުރެވިފައި ހުންނަނީ ގައުމުން ބޭރުގެ އެކައުންޓު ތަކުގައެވެ. އަދި ތާލިބާނުން އެގައުމުގެ ވެރިކަމުގެ ބާރުތައް އަތުލިފަހުން، އަފްއާނިސްތާނަށް އެކައުންތަކަށް ވާސިލް ވެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އަފްއާނިސްނަށް ބޭނުންވާ ޑޮލަރު ލިބުމުގައި ވަރަށްބޮޑަށް މިހާރު ދަތިވެފައިވާ ކަމުގައި، އެގައުމު ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާ ހަމައަށް ސެންޓްރަލް ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި އަމްޖަލް އަހުމަދީ ވިދާޅުވެފައި ވެއެވެ.

ތާލިބާނުން އަފްއާނިސްތާން ހިފުމާއެކު، ގައުމު ދޫކޮށް ވަޑައިގެންފައިވާ އަހުމަދީ ވިދާޅުވެފައިވާ ގޮތުގައި، ޑީއޭ އަފްއާނިސްތާން ބޭންކު (DAB) އިން ކޮންޓްރޯލް ކުރަމުން އައި 9 ބިލިއަން ޑޮލަރުގެ ތެރެއިން 7 ބިލިއަން ޑޮލަރު ހުރީ ފައިސާއާއި، ރަން އަދި ބޮންޑާއި އަދި އިތުރު އިންވެސްޓްމަންޓްގެ ގޮތުގައި އެމެރިކާގެ ފެޑެރަލް ރިސާވުގައި ރައްކާ ކުރެވިފައެވެ،

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *