މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަނުގެ އިންސްޕެކްޝަން މާދަމާ ފަށަނީ

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަނުގެ އިންސްޕެކްޝަން މާދަމާ ފަށަނީ

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް ދައުލަތުގެ ގިނަ އިދާރާތަކެއް ގުޅިގެން ފަށާ އިންސްޕެކްޝަން މާދަމާ ފެށުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެން ރަށްރަށުގައި ފަތުރުވެރިންނަށް ޗުއްޓީހޭދަކުރަން ތިބެވޭނީ ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައި ވާ މީހުނަސް އެކަނި ކަމަށާއި، ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ތިބެވޭނީ ގެސްޓްހައުސް ހުރި ރަށުގެ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަމަށް އެ އެޖެންސީން އިއުލާން ކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އެ އުސޫލާއި ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު އެޗްޕީއޭއަށް ލިބެމުންދާ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ. އަދި އެއީ އެ އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަގުސަދު ހާސިލުނުކުރެވޭނެ ފަދަ އަމަލުތަކަށް ވުމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މާދަމާ އިންސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައި ވާކަމަސް އެޗްޕީއޭއީން ބުނެއެވެ.

މި އިންސްޕެކްޝަން ކުރިއަށްގެންދާނީ އިމިގްރޭޝަނާއި، ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެލްޖީއޭއާ ގުޅިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފަށް ފަތުރުވެރިން ބައިތިއްބާ މައްސަލަތައް ފެންމަތިވެފައި ވާއިރު ފަތުރުވެރިންނަސް އޮޅުވާލައިގެން ފޭކް ބުކިން ހައްދައިގެން ފަތުރުވެރިން ރާއްޖެ އެތެރެކުރާ މައްސަލަތައްވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *