ތާލިބާން ހަގުރާމަވެރިން ކާބުލްގެ މަގުތަކުގައި ފޯރިމަރަނީ

އަފޫ އާންމު އިއުލާންކޮށް، އަފްއާނިސްތާނުގެ އަންހެނުންވެސް ސަރުކާރާ ގުޅުމަށް ތާލިބާނުން ގޮވާލާއިފި

އަފޫ އާންމު އިއުލާންކޮށް، އަފްއާނިސްތާނުގެ އަންހެނުންވެސް ސަރުކާރާ ގުޅުމަށް ތާލިބާނުން ގޮވާލާއިފި

އަފްއާނިސްތާނުގެ ހުރިހާ ރައްޔިތުންނަށްވެސް މާފްދީ، އަދި ފިރިހެނުންނެކޭ އެއްފައިން އެގައުމުގެ އަންހެން ކަބަލުންވެސް ތާލިބާނުން އެކުލަވާލަމުންދާ ސަރުކާރާ ގުޅުމަށް ތާލިބާން ޖަމާއަތުގެ ވެރިން އެދިއްޖެއެވެ.

ތާލިބާނުން، އެގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް އެޖަމާއަތުން މަޢާފް ކޮށްފައިވާކަން އާމުންކޮށް އިއުލާން ކޮށްފައި މިވަނީ، ހުޅަގުން ތާއީދުކުރަމުން އައި ސަރުކާރު ވެއްޓި، އަފްއާނިސްތާނުގެ ވެރިރަށް ކާބުލް، ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާގުޅިގެން، މުޅި ކާބުލްއަށް ބިރުވެކަން ފެތުރިގެން ގޮސްފައިވާ ދަޑިވަޅެއްގައެވެ.

އަދި، މިގޮތުން، ވަކީން ޚާއްސަކޮށް، އަފްއާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާ އެކީ އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިތި އަފްއާން ރައްޔިތުން، ތާލިބާނުން އެމީހުންގެ ކިބައިން ބަދަލު ހިފާނެކަމަށް ބަލާ، ގައުމު ދޫކޮށް ދެވޭނެ ގޮތެއް ހޯދުމަށްޓަކާ ކާބުލް އިންޓަރނޭޝަނަލް އެއަރޯޓަށް ޖަމާވެ، އެއްވި ބައެއް މީހުން އެއަރޕޯޓުން ފުރައިގެން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާބޯޓުގެ ފިޔަތަކުގައި އެލިގަނެގެން، ގައުމުން ބޭރަށް ދެވޭތޯ މަސައްކަތް ކުރި މަންޒަރުތައްވެސް ފެނިގެން ގޮސްފައި ވަނިކޮށެވެ.

އަފްއާނިސްތާނުގައި ތިބި ގައުމުން ބޭރުގެ ޑިޕްލޮމޭޓުންނާއި އަދި ހުޅަގުގެ ގައުމުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން، އެމެރިކާއިން ވިސާ ހަމަަޖއްސާ ދީފައިވާ އަފްއާން ރައްޔިތުން މިހާރުވެސް އެމެރިކާއިންނާއި އަދި އިނގިރޭސިވިލާތުންވެސް ދަނީ އެގައުމުން ބޭރަށް އަސްކަރީ މަތިންދާ ބޯޓުތަކުގައި ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އެމެރިކާއިން ބުނެފައިވަނި، ގައުމުން ބޭރަށް ދިއުމަށް، އެއަރޕޯޓަށް ޖަމާވެފަތިބި އެތައް ހާސްމބަޔަކު އެއަރޕޯޓުން ދުރަށް ޖައްސާ، ކާބުލް އެއަރޕޯޓު މިހާރުވަނީ އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައި ކަމުގައެއެވެ.

ތާލިބާނުން އަފްއާނިސްތާނުގެ އާސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެމެރިކާއިން އަފްއާނިސްތާނަށް، މީގެ 20 އަހަރު ކުރިން ދިޔައީ އެގައުމު އާރާސްތުކުރަން ނޫންކަމަށާއި، އެމެރިކާގެ ހަމައެކަނި ބޭނުމަކީ އެގައުމަށް ދެވަނަ ޓެރަރިސްޓު ހަމަލާއެއް އަމާޒުވެގެން ދިޔަ ނުދިނުން ކަމަށް ވިދާޅުވެ، އެެމެރިކާ ސިފައިން އަފްއާނިސްތާނުން ބޭލުމަށް އޭނާ ނިންމެވި ނިންމެވުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އަދި ކުރު މުއްދަތެއްގެ ތެރޭގައި، އަފްއާނިސްތާނުގައި ތިބި، އެމެރިކާގެ ސިފައިން އެގައުމުން ބޭލުމަށް ރައީސް ޖޯބައިޑްން ނިންމެވި ނިންމެވުމަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އޭނާގެ މި ނިންމެވުމާ ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ބައިޑްން ވިދާޅުވެފައިވަނީ، ގައުމެއްގައި ހިގަމުންދާ އަހުލީ ހަގުރާމައެއްގެ މެދުތެރޭގައި، ފުރާނަ ގެއްލިގެންދާން އެމެރިކާ ސިފައިން ދޫކޮށްލުމަކީ އޭނާ ކުރާނެ ކަމެއް ނޫންކަމުގައެވެ.

ބައިޑްން ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން އެގައުމުން ފޭބުމާއެކު، ތާލިބާނުންގެ ބާރުގެ ދަށަށް އަފްއާނިސްތާން ގޮސްފައިވަނީ، އެގައުމުގެ ސިފައިންގެ ހިތްވަރެއް ނެތުމާއި، އަދި އެގައުމުގެ ވެރިން ގައުމު ދޫކޮށް ފިއްލަވާ ވަޑައިގަތުމާއި ގުޅިގެންނެވެ.

މިހަފްތާގެ އާދިއއްތަ ދުވަހު، ތާލިބާން ހަގުރާމަވެރިން، އަފްއާނިސްތާންގެ ވެރިރަށް ކާބުލް ވަށާލުމާއެކު، އެގައުމުގެ އޭރުގެ ރައީސް އަޝްރަފް ޢަނީވަނީ، ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އަދި އޭނާ ފަހުން ވިދާޅުވެފައިވަނީ، ގައުމު ދޫކުރައްވާ ވަޑައިގެންނެވީ، ވެރިރަށް ކާބުލް ބޮޑު ލޭއޮހޮރުވުމަކުން ސަލާމަތް ކުރުމުގެ ގޮތުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިސްލާމްދީނަށްޓަކާ ހިއްވަރާއެކު ޖިހާދުކުރައްވާ މުސްލިމުންނަށް މާތްﷲ ތާއަބަދު ނަސްރު ދެއްވާށި. ؛ އާމީން ؛

Leave a Reply

Your email address will not be published. Required fields are marked *