ކްލަބް އީގަލްސް ބަލިކޮށް ބެންގަލޫރު އެފްސީ ގްރޫޕް ސްޓޭޖަށް

ކްލަބް އީގަލްސް ބަލިކޮށް ބެންގަލޫރު އެފްސީ ގްރޫޕް ސްޓޭޖަށް

Author
ޔޫސުފް
16 އޮގަސްޓް 2021 01:58
0

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގައި ރޭ ކްލަބް އީގަލްސް ބަލިކޮށް އިންޑިއާގެ ބެންގަލޫރު އެފްސީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެއްޖެއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ޕްލޭއޮފް މެޗު ބެންގަލޫރު އެފްސީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ބެންގަލޫރާ އެކު އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ވާދަކުރާނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ.

ޕްލޭއޮފް މެޗަށް ތައްޔާރުވުމުގެ ގޮތުން އީގަލްސްއިންވަނީ ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގްވެސް އީގަލްސްގެ ޓީމުގައި ހިމެނި ނަމަވެސް، ބަލި ހާލަތު ހުރިގޮތުން ރޭގެ މެޗުގައި އަޝްފާގަށް ކުޅެވޭގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި ބެންގަލޫރުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަޔޭޝްއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.