އަފްޢާނިސްތާނަށް ތާލިބާނުން ވެރިވުމުން، ރާއްޖެއަށް ބޮޑު އަސަރުތަކެއް ކޮށްފާނެ: ޑރ.ޝަހީދު

އަފްޢާނިސްތާނަށް ތާލިބާނުން ވެރިވުމުން، ރާއްޖެއަށް ބޮޑު އަސަރުތަކެއް ކޮށްފާނެ: ޑރ.ޝަހީދު

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2021 08:37
0

އަފްޢާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ރާއްޖެއަށް ސަލާމަތީ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ބޮޑު އަސަރުތަކެއް ކޮށްފާނެކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދަޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް ޠާލިބާނުންގެ ވެރިކަން ހޯދުމަށް މިހާރު ކުރަމުންދާ ހަނގުރާމާގައި، ތާލިބާނުންނަށް ކުލިބުމަކީ ގާތްކަމެއްކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. ތާލިބާނުން ދަނީ މިހާރު އޮތް ސަރުކާރުގެ މައްޗަށް ގަދަވެ، އަފްޢާނިސްތާނުގެ މުހިންމު ސަަހައްދުތައް އެމީހުންގެ އަތްދަށަށް ގެންނަމުންނެވެ.

އަފްޢާނިސްތަނުގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ މިހާރު ކުރެވެމުންދާ ހަނގުރާމާގައި ތާލިބާނުންނަށް ކުރިބިއްޖަ ނަމަ ރާއްޖެއަށް ސަލާމަތީ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ބޮޑު އަސަރުތަކެއް ކޮށްފާނެކަމަށެވެ. މިކަމަކީ ރާއްޖެއިން ޚާއްސަ ސަމާލުކަމެއްދީގެން ނަޒަރު ހިންގަން ޖެހޭ ކަމެއްކަމުގައި ޑރ.ޝަހީދު ވަނީ ވިދާޅުވެފައެވެ.

އަފްޢާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ރާއްޖެއަށް ސަލާމަތީ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ބޮޑު އަސަރުތަކެއް ކޮށްފާނެ. މިކަމަށް ނަޒަރު ހިންގައި ތައްޔާރީތައް ވުމަށް އިސްކަމެއްދެވޭބާ؟

– ޑރ.ޝަހީދު ވިދާޅުވިއެވެ.

އަފްޢާނިސްތާނުގެ ވެރިކަން ކުރާ ސިޓީ ކާބުލް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުންގެ ބާރުގެ ދަށަށް ދާނެކަމަށް ބަލާ، ހުޅަގުގެ ގައުމުތަކުން މިހާރުވަނީ ކާބުލްގައި ތިބި އެގައުމުތަކުގެ ޑިޕްލޮމެޓިކް މުވައްޒަފުންނާއި އަދި ރައްޔިތުންގެ އަފްޢާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އަފްއާނިސްތާނުގައި ހިގަމުންދާ ހަގުރާމާގައި އަތައްހާސް ބަޔަކު ގެދޮރު ނެތިފައިވާއިރު، ރައްކާތެރިކަން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ވެރިރަށް ކާބުލްއަށް ހިޖުރަ ކޮށްފައެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Angela
ޙަމަވާހަކައެއް ބުނެލީދޯ މަމެންނަކާ އަފްޣާނިސްތާނަކާ ކޮން ކަމެއް.
އ އަލިފު ޙާ!
1996 ވަނަ އަހަރުންފެށިގެން އަފްޤާނިސްތާނުގައި އޮތް ތޯލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައި ވަނީ 2001 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަދުވަހު އެމެރިކާ އަށް ޔަހޫދީން ދިން ޙަމަލާ ސައުދި އެރޭބިޔާގެ ބައެއްގެ ބޮލުގައި އަޅުވައި، އެކަމާ ގުޅިގެން އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްޤާނިސްތާން އިސްތިއުމާރު ކުރުމުންނެވެ. މީ ސައްޙަ ގޮތް!