ޗެމްޕިއަން ބަޔާން ފުރަތަމަ މެޗުން އެއްވަރު

ޗެމްޕިއަން ބަޔާން ފުރަތަމަ މެޗުން އެއްވަރު

ޖަރުމަން ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކު އާ ސިންޒަންގައި ކުޅުނު ފުރަތަމަ މެޗް އެއްވަރުވެއްޖެއެވެ.

ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ވާދަކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. ކޯވިޑް-19ގެ ދަތި ހާލަތުގެ ތެރޭގައި ފެށި ޖަރުމަންބުންޑަސް ލީގްގެ އާސީޒަންގެ ފުރަތަމަ މެޗަށްވެސް ވަނީ ވަރަށް ގިނަ ސަޕޯޓަރުން ވައްދާފައެވެ.

މޮންޗެންގްލަޑްބެޗް ގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވެސް އެޓީމުންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ލާސް ސްޓިންޑަލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެލްސާނާ ޕްލޭ އެވެ. މިއީ ސީޒަން ހުޅުވި މެޗެއްގައި ބަޔާން ނޫން ޓީމަކުން ފުރަތަމަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގައި ބަޔާން މިއުނިކް އިން އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. މި ލަނޑު ޔޮޝުއާ ކިމިޗް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. މިއީ ލީގު ހުޅުވި މެޗެއްގައި ލެވަންޑޮސްކީ ވިިދިވިދިގެން ލަނޑު ޖެހި ހަތް ވަނަ ސީޒަނެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްއަށްވެސް ލީޑް ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މުންޗެންގްލަޑްބެކްގެ ސްޓިންޑްލްއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރުގައި ބަޔާންގެ ލެވަންޑޮސްކީއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފިފައެއް ނުވެއެވެ. މިއީ އެންމެ ފަހުގެ ޗެންޕިއަން ބަޔާން މިއުނިކްގެ އާ ކޯޗް ހޫލިއަން ނާގަލްސްމަންގެ ކޯޗްކަމުގެ ދަށުން ބަޔާން ލީގްގައި ކުޅުނު ފުރަތަމަ މެޗްއެވެ. ބަޔާން ކުޅޭ ދެވަނަ މެޗްގައި އެޓީމް ނިކުންނާނީ ޖަރުމަނު ސުޕަ ކަޕްގައި ޑޯޓްމަންޑާ ދެކޮޅަށެވެ.ޝ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *